އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އަވަށު އޮފީސްތަކުގެ ރައްކާތެރިކަން ހަރުދަނާކުރުމަށް އެދި ހުށަހަޅާ މައްސަލަ

20 ޖޫން 2017     


މައްސަލަ

ހުށަހެޅުނު މައްސަލަ:

އަވަށު އޮފީސްތަކުގެ ރައްކާތެރިކަން ހަރުދަނާކުރުމަށް އެދި ހުށަހަޅާ މައްސަލަ.

މައްސަލަ ހުށަހެޅި ފަރާތް:  ކައުންސިލަރ އިބްރާހިމް ޝުކުރީ

ނިންމުން

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލްގައި މަޝްވަރާކުރުމަށްފަހު،

ބޭރުން އަންނަ ޢާއްމު ފަރާތްތަކުން އަންނަ ގޮތަށް މީހެއްގެ ހުއްދަ ހޯދުމަކާއި ނުލާ ކައުންސިލަރ ނުވަތަ އެސިސްޓެންޓް ޑިރެކްޓަރގެ ކޮޓަރިއަށް ވަދެވޭގޮތަށް އޮންނަ އޮތުމަކީ، އޮފީހުގެ ހައިބަތާއި ކަރާމާތަށް އުނިކަން ލިބުމުގެ އިތުރަށް އޮފީހުގެ ސިއްރު ލިޔެ ކިޔުންތައް ވެސް ޢާއްމުންނަށް ފެނި، މަސައްކަތަށް ބުރޫ އަރާގޮތްވާނެ ކަމަށްވެ، ހުށަހެޅިފައިވާ މި މައްސަލައަށް ލަފާ އެރުވުނުގޮތާއި މެދު މަޝްވަރާކުރެވުނެވެ. އެގޮތުން، ފްރޮންޓް އޮފީސް އަންގައިދޭ ރިސެޕްޝަނެއް ޤާއިމުކޮށް ޕާޓިޝަން ޖަހާ ދޮރެއް ހަރުކޮށް ސިކިއުރިޓީ ލޮކް ލުމަށް ކުރަންޖެހޭ މަސައްކަތް ޕްރޮޖެކްޓްސް ސެކްޝަން މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ނިންމުނެވެ. ހުޅުދޫ އޮފީހުގައި މި މަސައްކަތް ކުރިއަށްދާއިރު މީދޫ އޮފީހުގައި ވެސް މި މަސައްކަތް ކުރިއަށް ގެންދިއުމަށް އެދޭކަމުގައި ކައުންސިލަރ ޙުސައިން ޙިޔާޟް ހުށަހަޅުއްވައި، އެއަށް ތާއީދު ލިބުނެވެ. އަދި ކައުންސިލަރ ޢަލީ ފަހުމީ ހުރިހާ އަވަށު އޮފީހެއްގައިވެސް މިކަން ނުކުރަންވީ ސަބަބެއް ނެތްކަމަށާއި މިކަމަކީ ހުރިހާ އަވަށު އޮފީހެއްގައިވެސް ކުރަންޖެހޭ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. އެހެންކަމުން، މި ހުށަހެޅުމާއި އެއްގޮތަށް ކުރެވުނު މަޝްވަރާއަށް ތާއީދު ލިބިފައިވާތީ، މި މަސައްކަތް ޕްރޮޖެކްޓްސް ސެކްޝަން މެދުވެރިކޮށް ހުރިހާ އަވަށު އޮފީހެއްގައިވެސް ކުރިއަށް ގެންދިއުމަށް ނިންމުނެވެ.

ތާއީދު ކުރެއްވި :  ކައުންސިލަރ ފައިޞަލް އިބްރާހީމް

ހުށަހެޅުން ހުށަހެޅި : ކައުންސިލަރ އިބްރާހިމް ޝުކުރީ    

  • މި މައްސަލަ ޖަލްސާއަށް ޙާޟިރުވެ ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާޤުން ފާސްކުރެއްވިއެވެ.

ވޯޓް ދެއްވި ގޮތް  

ބައިވެރިވެވަޑައިނުގަންނަވާ: 00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)2017/140

ތާރީޚް: 20 ޖޫން 2017