އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ފޭދޫ އަވަށުން އިވެލުއޭޝަންގައި އެވޯޑު ކުރުމަށް ލަފާ އަރުވާފައިވާ 03 ކުލީ ބިން އެވޯޑުކުރުމާއި ގުޅޭ

13 ނޮވެމްބަރ 2025     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2025/133

ބޭއްވުނު ތާރީޚް: 13 ނޮވެމްބަރ 2025

ޖަލްސާ:2025  ވަނަ އަހަރުގެ 41 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 211 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ: އައްޑޫ ސިޓީ ފޭދޫ އަވަށުން 03 ބިން ކުއްޔަށް ދޫކުރުމަށް ކުރެވުނު ނަންބަރު (IUL)426-AE/426/2025/lll އިޢުލާނުގެ ދަށުން ކުލީ ބިންތަކަށް ހުށަހެޅި ބީލަންތަކުގެ އިވެލުއޭޝަން މަރުހަލާ ނިމިފައިވުމާއިއެކު، އިވެލުއޭޝަންގައި އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށް ބީލަން އެވޯޑްކުރުމާއިމެދު ކައުންސިލަށް ފެނިވަޑައިގަންނަވާ ގޮތެއް ނިންމަވައި ދެއްވުމަށް އެދި.

  މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް އިވެލުއޭޝަން ކޮމިޓީ

ނިންމުން

    މައްސަލަ ނިމުނުގޮތް:

  " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް  ކުރުމަށްފަހު " އައްޑޫ ސިޓީ ފޭދޫ އަވަށުން 03 ބިން ކުއްޔަށް ދޫކުރުމަށް ކުރެވުނު ނަންބަރު (IUL)426-AE/426/2025/lll އިޢުލާނުގެ ދަށުން ކުލީ ބިންތަކަށް ހުށަހެޅި ބީލަންތަކުގެ އިވެލުއޭޝަން މަރުހަލާ ނިމި، ބީލަން އެވޯޑްކުރުމަށް ލޭންޑް އިވެލުއޭޝަން ކޮމިޓީން ނިންމާފައިވާ ތިރީގައި ދެންނެވިފައިވާ ފަރާތްތަކަށް ކޮމިޓީގެ ނިންމުމާއި އެއްގޮތްވާ ގޮތުގެމަތީން ބީލަން އެވޯޑް ކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާގުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ކުލީ ބިމުގެ ނަންބަރު

ބިމުގެ ބޮޑުމިން

ކުއްޔަށް ދޫކުރާ ބޭނުން

 

IZM001

10000 އަކަފޫޓު

މެނުފެކްޗަރިން (ޕީ.ވީ.ސީ ޕައިޕް މެނުފެކްޗަރިން) ގެ މަސައްކަތްކުރުމަށް

Opal Maldives Pvt Ltd

IZM002

15000 އަކަފޫޓު

މެނުފެކްޗަރިން (ރޫފް ޝީޓް މެނުފެކްޗަރިން) ގެ މަސައްކަތްކުރުމަށް

Litus Construction Pvt Ltd

 

ތާއީދު ކުރެއްވި: ކައުންސިލަރ، މަރިޔަމް ސަޢީދާ

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އަޙްމަދު ނާދިރު

 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:02 ވޯޓް  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް:05  ވޯޓް

ވޯޓުގައި ބައިވެރިވި: 07 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2025/133

ތާރީޚް: 13 ނޮވެމްބަރ 2025