މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: ހިތަދޫ ފުޓްބޯޅަ ކުލަބުން ކޮށްފައިވާ ބައެއް ޚަރަދުތަކަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް ޓީމުގެ މާލީ ތަނަވަސް ކަން ނެތުމުގެ ސަބަބުން އެކުލަބުން އެހީއަށް އެދިފައިވާތީ. |
||||
މައްސަލަ ހުށަހެޅި ފަރާތް: ހިތަދޫ އަވަށު އޮފީސް |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް: މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް މުޅިރާއްޖެއަށް ހުޅުވާލައިގެން ބާއްވަމުން ގެންދާ މިނިވަން ޗެމްޕިއަންޝިޕް 2018 " ގައި އައްޑޫ ތަމްސީލު ކުރުމަށް މުބާރާތުގައި ބައިވެރިވި ހިތަދޫ ފުޓްބޯޅަ ޓީމުގެ ކުޅުން ތެރިންގެ ތެރޭގައި ހިމެނޭ ބިދޭސީ ކުޅުންތެރިންނަށް ކްލަބުން ކުރަންޖެހިފައިވާ ޚަރަދު ކުރުމުގައި ކައުންސިލްގެ އެހީތެރިކަމަށް އެދިފައިވާތީ، ޚަރަދުތަކުގެ ތަފްޞީލުތަކުގައި ހިމެނޭ ބިދޭސީ ކުޅުންތެރިންގެ މުސާރަ .0024672ރުފިޔާ 2ޓިކެޓް ޗޭންޖް ފީ 1696.00ރުފިޔާ އަދި 1 ކޮލޮމްބޯ – މާލެ ސެކްޓަރ ( ވިސާ ރިކްއަރމެންޓް) 3392.00ރުފިޔާ، ޖުމްލަ 29760.00ރުފިޔާ (ނަވާވީސް ހާސް ހަތްސަތޭކް ފަސްދޮޅަސް ރުފިޔާ) ކައުންސިލްގެ އާމްދާނީ ބަޖެޓުން ޚަރަދުކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އައުލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ. |
||||
ތާއީދު ކުރެއްވި: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ ޖަމްޝީދާ މުޙައްމަދު |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 01 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 04 ވޯޓް |
ވޯޓުގައި ބައިވެރިވި: 05 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
ހިތަދޫ ފުޓްބޯޅަ ކުލަބުން ކޮށްފައިވާ ބައެއް ޚަރަދުތަކަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް