އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އައްޑޫ ސިޓީގެ އަވަށްތަކުގައި ހައުސިންގ ޔުނިޓްތައް ޢިމާރާތް ކުރުމަށް ބިން ކަނޑައަޅުމާ ގުޅޭ

26 ނޮވެމްބަރ 2025     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2025/144

ބޭއްވުނު ތާރީޚް: 26 ނޮވެމްބަރ 2025

ޖަލްސާ:2025  ވަނަ އަހަރުގެ 43 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 213 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އައްޑޫސިޓީ މަރަދޫގައި 50 ހައުސިންގ ޔުނިޓް، ހިތަދޫގައި 100 ހައުސިންގ ޔުނިޓް އަދި ފޭދޫގައި 50 ހައުސިންގ ޔުނިޓް ޢިމާރާތް ކުރުމަށް މަރަދޫއިން 35000 އަކަފޫޓު، ފޭދޫއިން 35000 އަކަފޫޓު އަދި ހިތަދޫއިން 74000 އަކަފޫޓުގެ ބިން ކަނޑައަޅައިދެއްވުން އެދި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެދިފައިވާ މައްސަލަ 

  މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް އެންޑް ހައުސިންގ ޔުނިޓް

ނިންމުން

    މައްސަލަ ނިމުނުގޮތް:

  "މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު "ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މަރަދޫގައި 50 ހައުސިންގ ޔުނިޓް، ހިތަދޫގައި 100 ހައުސިންގ ޔުނިޓް އަދި ފޭދޫގައި 50 ހައުސިންގ ޔުނިޓް ޢިމާރާތްކުރުމަށް މަރަދޫ އަވަށު އޮފީހުން ފޮނުއްވާފައިވާ ޗާޓުގައިވާ ސަރަޙައްދުން 35000 އަކަފޫޓުގެ ބިން، ފޭދޫ އަވަށު އޮފީހުން ފޮނުއްވާފައިވާ ޗާޓުގައިވާ ސަރަޙައްދުން 35000 އަކަފޫޓުގެ ބިން އަދި ހިތަދޫ އަވަށު އޮފީހުން ފޮނުއްވާފައިވާ ސަރަޙައްދުން 74000 އަކަފޫޓުގެ ބިން ދޫކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި: ކައުންސިލަރ، ހުސެއިން ޒަރީރު

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިބްރާހިމް ޝިނާޒް

 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:00 ވޯޓް  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް:11  ވޯޓް

ވޯޓުގައި ބައިވެރިވި: 11 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2025/144

ތާރީޚް: 26 ނޮވެމްބަރ 2025