މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: 1439 ވަނަ އަހަރު ރަމަޟާން މަހު ތެރޭގައި ގޯދިއްޔާގެ ފަރާތުން ބާއްވާ ފުޓްސަލް މުބާރާތުގައި ކްލަބް ރިވެރިން އިން ބައިވެރިވުމަށް ތައްޔާރުވަމުން ދާތީ މި ކްލަބަށް ކައުންސިލްގެ އެއްބާރުލުމާއި އެހީތެރިކަން ހޯދުމަށް އެދި ހުށަހެޅި މައްސަލަ |
||||
މައްސަލަ ހުށަހެޅި ފަރާތް: ސޯޝަލްސަރވިސް ސެކްޝަން |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް: 1439 ވަނަ އަހަރު ރަމަޟާން މަހު ތެރޭގައި ގޯދިއްޔާގެ ފަރާތުން ބާއްވާ ފުޓްސަލް މުބާރާތުގައި ކްލަބް ރިވެރިން އިން ބައިވެރިވުމަށް ތައްޔާރުވަމުން ދާތީ މި ކްލަބަށް ކައުންސިލްގެ އެއްބާރުލުމާއި އެހީތެރިކަން ހޯދުމަށް އެދި ހުށަހެޅި މައްސަލަ ސްޕޯރޓްސް ކައުސިލްގެ ލަފައާއި އެކު ކައުންސިލުން ގޮތެއް ނިންމުމަށް ހުށަހަޅާފައިވާތީ، ކްލަބް ރިވަރިންއަކީ މީގެ ކުރިންވެސް ގޯދިއްޔާ ފުޓްސަލް މުބާރާތުގައި ބައިވެރިވެ ރަނގަޅު ނަތީޖާތަކެއް ހޯދާފައިވާ ޓީމެއްކަން ފާހަގަކޮށް ކައުންސިލްގެ އާމްދަނީ ބަޖެޓްގެ ޖަމުޢިއްޔާ ޖަމާޢަތްތަކުން ހިންގާ ކަންކަމަށް ޚަރަދުކުރުމަށް ކަނޑައެޅިފައިވާ ބަޖެޓްކޯޑުގެ ތެރެއިން 5000.00ރުފިޔާގެ އެހީ ކްލަބް ރިވަރިންއަށް ދިނުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އައުލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ. |
||||
ތާއީދު ކުރެއްވި: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ ފައިޞަލް އިބްރާހީމް |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 02 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 03 ވޯޓް |
ވޯޓުގައި ބައިވެރިވި: 05 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
ގޯދިއްޔާގެ ފަރާތުން ބާއްވާ ފުޓްސަލް މުބާރާތުގައި ކްލަބް ރިވެރިން އިން ބައިވެރިވުމަށް އެހީތެރިކަން ހޯދުމަށް