މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: ޖަމްޢިއްޔަތުލް ޢުލަމާއިން އިސްނަންގަވައިގެން އައްޑޫގެ ބައެއް މިސްކިތްތަކުގައި ތަރާވީޙް ނަމާދުކުރުމުގެ އިންތިޒާމް ހަމަޖެއްސުމަށް ކުރަމުންދާ މަސައްކަތަށް ކައުންސިލްގެ އެހީތެރިކަމާއި އެއްބާރުލުން ހޯދުމަށް ހުށަހަޅާފައިވާ މައްސަލަ |
||||
މައްސަލަ ހުށަހެޅި ފަރާތް: ސޯޝަލްސަރވިސް ސެކްޝަން |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް: މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، ޖަމްޢިއްޔަތުލް ޢުލަމާއިން ހުށަހަޅާފައިވާ ތަފްޞީލުގައި ހިމެނޭ މިސްކިތްތަކުގައި ތަރާވީޙް ނަމާދު ކުރައްވާ ކޮންމެ އިމާމަކަށް 3000.00ރުފިޔާގެ އެހީތެރިކަން ދިނުމަށް ފެންނަކަމަށާއި، މިގޮތުން މިފައިސާ ކައުންސިލްގެ އާމްދަނީ ބަޖެޓްގެ ޖަމުޢިއްޔާ ޖަމާޢަތްތަކުން ހިންގާ ކަންކަމަށް ޚަރަދުކުރުމަށް ކަނޑައެޅިފައިވާ ބަޖެޓްކޯޑުގެ ތެރެއިން ޚަރަދުކޮށް ޖަމްޢިއްޔަތުލް ޢުލަމާއާއި ހަވާލުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އައުލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ. |
||||
ތާއީދު ކުރެއްވި: ކައުންސިލަރ ޢަލީ ފަހުމީ އަޙްމަދު |
ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 01 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 04 ވޯޓް |
ވޯޓުގައި ބައިވެރިވި: 05 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
ޖަމްޢިއްޔަތުލް ޢުލަމާއިން މިސްކިތްތަކުގައި ތަރާވީޙް ނަމާދުކުރުމުގެ އިންތިޒާމް ހަމަޖެއްސުމަށް އެހީތެރިކަމާއި އެއްބާރުލުން ހޯދުމަށް