އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ 101 ވަނަ ބައްދަލުވުމުގެ ނިންމަވާފައިވާ ލަފާ ދީފައިވާ މައްސަލައާ ގުޅޭ (150-11)

3 ޑިސެމްބަރ 2025     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2025/150-11

ބޭއްވުނު ތާރީޚް: 03 ޑިސެމްބަރ 2025

ޖަލްސާ: 2025 ވަނަ އަހަރުގެ 44 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 214 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ: ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 101 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލަތަކަށް ގޮތެއް ނިންމަވައި ދެއްވުން އެދި.

  މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީ

ނިންމުން

    މައްސަލަ ނިމުނުގޮތް:

  " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް  ކުރުމަށްފަހު "  ލޭންޑް އެންޑް ޓްރާންސްޕޯޓް  ކޮމިޓީގެ ރަސްމީ 101 ވަނަ ބައްދަލުވުމުން ނިންމަވާފައިވާ މައްސަލަތައް، ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް  " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާގުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި: ކައުންސިލަރ، މަރިޔަމް ސަޢީދާ

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ޚާލިދާ މުޙައްމަދު

 

 

ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީއިން ހުށަހަޅާފައިވާ މައްސަލަ

ސ.ފޭދޫ،ވޭސައިޑް ޙުސައިން ރަޝީދު އަށް ނަންބަރު: (AGR)138-LDS2/138/2018/49 އެއްބަސްވުމުން ދޫކުރެވިފައިވާ ކުލީ ބިމުގެ އިންވެސްޓްމެންޓް ވިއްކާލުމަށް ކައުންސިލުގެ ނަންބަރު: 426-B(11)/2025/24-08 ނިންމުމުން ހުއްދަދެއްވާފައިވާތީ، އައު އެއްބަސްވުމުގައި ހިމެނުމަށްޓަކައި،ބިމަށް ދައްކަންޖެހޭނެ ކުލީގެ ރޭޓު ކަނޑައަޅައިދިނުމަށް އެދި ލޭންޑް ޔުނިޓުން ހުށަހަޅާ މައްސަލައާއި )84 ވަނަ ބައްދަލުވުމާއި ގުޅޭ) ގުޅިގެން ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީއިން ނިންމަވާފާއިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00 ވޯޓް  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް:ވޯޓް

ވޯޓުގައި ބައިވެރިވި: ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2025/150-11

ތާރީޚް: 3 ޑިސެމްބަރ 2025