އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫއިން ރަޖިސްޓްރީ ބަދަލުކުރުމަށް އަންގާފައިވާ ބިން، މިހާރުވެސް ރަޖިސްޓަރީ އޮތް ގޮތަށް ކޮންސްޓްރަކްޝަން މިނިސްޓްރީގެ ނަމުގައި ބެހެއްޓުމާ ގުޅޭ

3 ޑިސެމްބަރ 2025     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2025/151

ބޭއްވުނު ތާރީޚް: 03 ޑިސެމްބަރ 2025

ޖަލްސާ: 2025 ވަނަ އަހަރުގެ 44 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 214 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ: އައްޑޫސިޓީގެ ހިތަދޫގެ ހިއްކާފައިވާ ސަރަހައްދުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްއަށް ރަޖިސްޓްރީކޮށްދެއްވަން އަންގަވާފައިވާ 15000 (ފަނަރަހާސް) އަކަމީޓަރުގެ ބިން، މިހާރުވެސް މި ބިމުގެ ރަޖިސްޓަރީ އޮތްގޮތަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަންމަތީގައި ބޭއްވުމާއި މެދު ގޮތެއް ނިންމުން.

  މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް އެންޑް ހައުންސިންގ ޔުނިޓް

ނިންމުން

    މައްސަލަ ނިމުނުގޮތް:

  " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް  ކުރުމަށްފަހު "މިހާރު ހެދިފައިވާ ރަޖިސްޓްރީ ދެމެހެއްޓުމަށާއި ގޫގުލް އާއި ސަރުކާރާއި ވެފައިވާ އެއްބަސްވުމުން ދައުލަތައްލިބޭ އާމްދަނީ ކައުންސިލަށް ލިބޭނެ ގޮތަށް ބަދަލުކުރުމަށް ސަރުކާރަށް ހުށަހެޅުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާހިމް ޝިނާޒު

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުޢާއު

 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00 ވޯޓް  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 10 ވޯޓް

ވޯޓުގައި ބައިވެރިވި: 10 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2025/151

ތާރީޚް: 3 ޑިސެމްބަރ 2025