އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ 102 ވަނަ ބައްދަލުވުމުގެ ނިންމަވާފައިވާ ލަފާ ދީފައިވާ މައްސަލައާ ގުޅޭ (155-05)

17 ޑިސެމްބަރ 2025     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2025/155-05

ބޭއްވުނު ތާރީޚް: 17 ޑިސެމްބަރ 2025

ޖަލްސާ: 2025 ވަނަ އަހަރުގެ 46 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 216 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ: ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 102 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލަތަކަށް ގޮތެއް ނިންމަވައި ދެއްވުން އެދި.

  މައްސަލަ ހުށަހެޅި ފަރާތް:  ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީ

ނިންމުން

    މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު " ލޭންޑް އެންޑް ޓްރާންސްޕޯޓް  ކޮމިޓީގެ ރަސްމީ 102 ވަނަ ބައްދަލުވުމުން ނިންމަވާފައިވާ މައްސަލަތައް، ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި: ކައުންސިލަރ، މުޙައްމަދު ފައިސަލް

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އަޙްމަދު ނާދިރު

  

 

ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީއިން ހުށަހަޅާފައިވާ މައްސަލަ

އައްޑޫގައި މެންޓަލް ހެލްތް ސެންޓަރެއް ޤާއިމްކުރުމަށްޓަކައި ފޭދޫ އިން ދޫކުރުމަށް ހަމަޖެހިފައިވާ ބިމާއި ގުޅިގެން، އެކުލަވާލެވޭ އެއްބަސްވުމުގެ 7 ވަނަ މާއްދާ މުރާޖަޢާކޮށްދިނުމަށް އެދި އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލްގެ ފަރާތުން އެދިފައިވާތީ އެކަމާއި ގުޅިގެން ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީއިން ނިންމަވާފާއިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00 ވޯޓް  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 10 ވޯޓް

ވޯޓުގައި ބައިވެރިވި: 10 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2025/155-05

ތާރީޚް: 17 ޑިސެމްބަރ 2025