އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ައައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ރޯދަ ކާނިވަލް ބާޒާރުގައި ބައިވެރިވާ ސްޓޯލްތަކުން ފީއެއް ނެގުމާއި ގުޅޭ

17 ޑިސެމްބަރ 2025     


ކައުންސިލްގެ ނިންމުން

 

ނިންމުން ނަންބަރު: 426-B(4)/2025/157

ބޭއްވުނު ތާރީޚް: 17 ޑިސެމްބަރ 2025

ޖަލްސާ: 2025 ވަނަ އަހަރުގެ 46 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 216 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ: އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ވިޔަފާރި ވެރިންގެ ބާޒާރެއް ރޯދަ ކާނިވަލްގެ ނަމުގައި 2026 ފެބުރުއަރީ 01 އިން 15އަށް ހިތަދޫ ސްޓޭޖް ސަރަހައްދުގައި ބޭއްވުމަށާއި ބާޒާރުގައި ބައިވެރިވާ ސްޓޯލްތަކުން ފީއެއް ނެގުމާމެދު ކައުންސިލުން ގޮތެއް ނިންމެވުމަށް.

  މައްސަލަ ހުށަހެޅި ފަރާތް: ސޯޝަލް އެފެއާރޒް ޔުނިޓް

ނިންމުން

    މައްސަލަ ނިމުނުގޮތް:

  " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު " ވިޔަފާރި ވެރިންގެ ބާޒާރެއް ރޯދަ ކާނިވަލްގެ ނަމުގައި ހިތަދޫ ސްޓޭޖް ސަރަހައްދުގައި ބޭއްވުމަށާއި ބާޒާރުގައި ބައިވެރިވާ ސްޓޯލްތަކަށް 10 ފޫޓް 10 ފޫޓްގެ ސްޓޯލް އަކާއި ސްޓޯލަށް ބޭނުންވާ ކަރަންޓާއި ޓެންޓް ކައުންސިލުން ފޯރުކޮށްދިނުމަށާއި ބާޒާރުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން  1500/-ރުފިޔާ ފީއެއްގެ ގޮތުގައި ނެގުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.  

ތާއީދު ކުރެއްވި: ކައުންސިލަރ، ޙުސެއިން ޒަރީރު

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ޑރ. އާމިނަތު އަދާލާ ރަޝީދު

 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00 ވޯޓް  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 10 ވޯޓް

ވޯޓުގައި ބައިވެރިވި: 10 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2025/157

ތާރީޚް: 17 ޑިސެމްބަރ 2025