އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީގެ އެލް.އީ.ޑީ ގޭޓްގައި އިޝްތިހާރުތައް އާންމުކުރުމުގެ އުޞޫލު ފާސްކޮށްދިނުމާއި ގުޅޭ

17 ޑިސެމްބަރ 2025     


ކައުންސިލްގެ ނިންމުން

 

ނިންމުން ނަންބަރު: 426-B(4)/2025/159

ބޭއްވުނު ތާރީޚް: 17 ޑިސެމްބަރ 2025

ޖަލްސާ: 2025 ވަނަ އަހަރުގެ 46 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 216 ވަނަ ޖަލްސާ

 

މައްސަލަ

ހުށަހެޅުނު މައްސަލަ: އައްޑޫ ސިޓީގެ އެލް.އީ.ޑީ ގޭޓްގައި އިޝްތިހާރުތައް އާންމުކުރުމުގެ އުޞޫލު ފާސްކޮށްދިނުމަށް އެދި.

  މައްސަލަ ހުށަހެޅި ފަރާތް: ސްޓްރެޓެޖިކް ޕްލޭނިންގ، ޓޫރިޒަމް އެންޑް ބިޒްނަސް ޑިވެލޮޕްމަންޓް ޔުނިޓް

ނިންމުން

    މައްސަލަ ނިމުނުގޮތް:

  " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު " އައްޑޫ ސިޓީގެ އެލް.އީ.ޑީ ގޭޓްގައި އާންމުކޮށް އިޢުލާންކުރުމުގެ އުޞޫލުގެ 5 ގެ (ރ) އަށް ސިޔާސީ މެސެޖުތަކާއި ކެމްޕޭންތަކާއި ގުޅޭ އެއްވެސް މުޢުތަވާއެއް މިމާއްދާ އިތުރުކޮށް އުޞޫލު ފާސްކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އަޢުލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.  

ތާއީދު ކުރެއްވި: ކައުންސިލަރ، ޑރ. އާމިނަތު އަދާލާ ރަޝީދު

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުޢާއު

 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01 ވޯޓް  

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 08 ވޯޓް

ވޯޓުގައި ބައިވެރިވި: 10 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2025/159

ތާރީޚް: 17 ޑިސެމްބަރ 2025