އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މަގުތަކާއި، އާއްމު ތަންތަނާއި އަދި އިޖުތިމާއީ ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުމަށް އައްޑޫސިޓީގެ އަވަށްތަކުގައި މުނިސިޕަލް ޕޫލް އުފެއްދުން

17 ޑިސެމްބަރ 2025     


ކައުންސިލްގެ ނިންމުން

 

ނިންމުން ނަންބަރު: 426-B(4)/2025/160

ބޭއްވުނު ތާރީޚް: 17 ޑިސެމްބަރ 2025

ޖަލްސާ: 2025 ވަނަ އަހަރުގެ 46 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 216 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  އައްޑޫސިޓީގެ މަގުތަކާއި، އާއްމު ތަންތަނާއި އަދި އިޖުތިމާއީ ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުމަށް އައްޑޫސިޓީގެ އަވަށްތަކުގައި މުނިސިޕަލް ޕޫލް އުފެއްދުން

  މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ، ހުސެއިން ޒަރީރު

ނިންމުން

    މައްސަލަ ނިމުނުގޮތް:

  " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު "  ހިއުމަން ރިސޯސް ޔުނިޓާއި ލީގަލް ޔުނިޓް އަދި އަވަށު އޮފީސްތައް ގުޅިގެން މުނިސިޕަލް ޕޫލްގެ އުޞޫލްގެ ޑްރާފްޓް ތައްޔާރުކޮށް އާއްމު ކޮމިޓީ މެދުވެރިކޮށް ކައުންސިލަށް ހުށަހެޅުމަށާއި އައްޑޫސިޓީ ހިތަދޫ އަށް 60 މީހުން، އައްޑޫ ސިޓީ މަރަދޫ އަށް 14 މީހުން، އައްޑޫ ސިޓީ މަރަދޫފޭދޫ އަށް 8 މީހުން، އަދި އައްޑޫ ސިޓީ ފޭދޫ އަށް 20 މީހުން ހިމެނޭގޮތަށް، ޕޫލްގައި މަސައްކަތް ކުރަންޖެހޭ ވަގުތުގެ ގޮތުގައި އަވަށު އޮފީހުން އެކުލަވާލާ މަސައްކަތުގެ ޝެޑިއުލް އާއި އެއްގޮތަށް ކޮންމެ މީހަކު މަހަކު 25 ދުވަހު މަސައްކަތް ކުރަންޖެހޭ ގޮތަށް، މަސައްކަތުގެ އަގަށް މީހަކަށް މުޅި ޖުމުލަ މަހަކު 3000 ރުފިޔާގެ ރޭޓުން އެލެވަންސްދޭ ގޮތަށް އައްޑޫސިޓީގެ އަވަށްތަކުގައި މުނިސިޕަލް ޕޫލް އުފެއްދުމަށް ފާސްކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އަޢުލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.  

ތާއީދު ކުރެއްވި: ކައުންސިލަރ، ޚާލިދާ މުޙައްމަދު

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުޢާއު

 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00 ވޯޓް  

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 09 ވޯޓް

ވޯޓުގައި ބައިވެރިވި: 10 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2025/160

ތާރީޚް: 17 ޑިސެމްބަރ 2025