އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ ކުޑަކުދިންގެ ޕާރކު މެނޭޖްމެންޓް ޕްލޭންއެއް އެކުލަވާލާ އެއްގޮތަށް ކުޑަކުދިންގެ ޕާރކު ބަލަހައްޓާނެ ފަރާތެއް ހޯދުމަށް

17 ޑިސެމްބަރ 2025     


ކައުންސިލްގެ ނިންމުން

 

ނިންމުން ނަންބަރު: 426-B(4)/2025/163

ބޭއްވުނު ތާރީޚް: 17 ޑިސެމްބަރ 2025

ޖަލްސާ: 2025 ވަނަ އަހަރުގެ 46 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 216 ވަނަ ޖަލްސާ)

 

 

މައްސަލަ

ހުށަހެޅުނު މައްސަލަ: ހިތަދޫ ކުޑަކުދިންގެ ޕާރކު މެނޭޖްމެންޓް ޕްލޭންއެއް އެކުލަވާލާ އެއްގޮތަށް ކުޑަކުދިންގެ ޕާރކު ބަލަހައްޓާނެ ފަރާތެއް ހޯދުމަށް.

  މައްސަލަ ހުށަހެޅި ފަރާތް: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުޢާއު

ނިންމުން

    މައްސަލަ ނިމުނުގޮތް:

  " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު " ހުށަހެޅިފައިވާ ހިތަދޫ ކުޑަކުދިންގެ ޕާރކު މެނޭޖްމެންޓް ޕްލޭން ފާސްކޮށް، ދައުލަތުގެ ޕްރޮކިއުމެންޓް އުސޫލުތަކާ އެއްގޮތަށް ޕާރކު ބަލަހައްޓާނެ ފަރާތެއް ހޯދުމަށްޓަކައި އިއުލާންކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.  

ތާއީދު ކުރެއްވި: ކައުންސިލަރ، މަރިޔަމް ސަޢީދާ

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުޢާއު

 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01 ވޯޓް  

ނުފެންނަކަމަށް: 02 ވޯޓް.

ފެންނަކަމަށް: 07 ވޯޓް

ވޯޓުގައި ބައިވެރިވި: 10 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2025/163

ތާރީޚް: 17 ޑިސެމްބަރ 2025