ކައުންސިލްގެ ނިންމުން
|
ނިންމުން ނަންބަރު: 426-B(4)/2026/06-02 |
|
|
ބޭއްވުނު ތާރީޚް: 14 ޖަނަވަރީ 2026 |
ޖަލްސާ: 2026 ވަނަ އަހަރުގެ 02 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 220 ވަނަ ޖަލްސާ) |
|
މައްސަލަ |
||
|
ހުށަހެޅުނު މައްސަލަ: ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 103 ވަނަ ބައްދަލުވުމުގައި ނިންމަވާ/ ލަފާ ދީފައިވާ މައްސަލަތަކުގެ ތެރެއިން 2،6،7 އަދި 8 ވަނަ މައްސަލައާއި މެދު ގޮތެއް ނިންމަވައި ދެއްވުން އެދި. |
||
|
މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީ |
||
|
ނިންމުން |
||
|
މައްސަލަ ނިމުނުގޮތް: " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު " ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 103 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ނިންމުންތަކުގެ ތެރެއިން 2، 6، 7 އަދި 8 ވަނައަށް ހުށަހަޅާފައިވާ ނިންމުންތައް ، ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާގުން މި ހުށަހެޅުން ފާސްކުރެވުނެވެ.
ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީއިން ހުށަހަޅާފައިވާ މައްސަލަ ސ.ހިތަދޫ،ފަލާޙް މުޙައްމަދު ފައުޒީ އަށް ނަންބަރު: (AGR)426-EA/INDIV/2015/5 އެއްބަސްވުމާއި، ނަންބަރު: (AGR)426-EA/INDIV/2015/7 އެއްބަސްވުމުން ދޫކުރެވިފައިވާ ދެ ކުލީ ބިމުގެ މުއްދަތު ހަމަވި ތާރީޚުން ފެށިގެން، އެ ދެ ކުލީބިމުގެ މުއްދަތު އިތުރުކުރުމަށްފަހު އެއްބަސްވުން އެކުލަވާލެވުނު މުއްދަތާއި ހަމައަށް ދައްކަންޖެހިފައިވާ ކުލި 5 އަހަރަށް ބަހައިގެން ދެއްކޭނެ ގޮތް ހަމަޖައްސައިދިނުމަށް އެފަރާތުން އެދިފައިވާ މައްސަލަ، ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީއިން ނިންމަވާފާއިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާގުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
||
|
ވޯޓް ދެއްވި ގޮތް |
|
ބައިވެރިވެވަޑައިނުގަންނަވާ: 01 ވޯޓް |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް:09 ވޯޓް |
ވޯޓުގައި ބައިވެރިވި: 10 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

