އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހުޅުދޫ އާރުގެ އިރުމަތީކޮޅު ފެންގަނޑު ކުނިވެ އާންމުންނަށް އޭގެ އުދަގޫ ފޯރަމުންދާ މައްސަލަ

20 ޖޫން 2017     


މައްސަލަ

ހުށަހެޅުނު މައްސަލަ:

ހުޅުދޫ އާރުގެ އިރުމަތީކޮޅު ރަނގަޅު ފެންވަރަކަށް ހެދިފައި ނެތުމުގެ ސަބަބުން، ފެން ބޭރުނުވެ އޮތުމުން އެފެންގަނޑު ކުނިވެގެން ހިސާބުގަނޑުގައި ދިރިއުޅޭ ފަރާތްތަކުން އެކަން ރަނގަޅުކޮށްދިމުނަށް އެދި ހުށަޅާފައިވާތީ، ހުށަހެޅިފައިވާ މައްސަލަ.

މައްސަލަ ހުށަހެޅި ފަރާތް:   ކައުންސިލަރ އިބްރާހިމް ޝުކުރީ    

ނިންމުން

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލްގައި މަޝްވަރާކުރުމަށްފަހު،

މި މައްސަލައަކީ ހުޅުދޫ އަވަށު އޮފީހުން ކުރެވިދާނެ ކަމަކަށް ނުފެންނާތީ، ހައުސިންގ މިނިސްޓްރީގެ ކޯޑިނޭޓަރ މުޙައްމަދު ޖަމީލާއި މަޝްވަރާ ކުރުމަށް އެދުމުން ކައުންސިލާއި މަޝްވަރާކޮށްގެން ކުރަންޖެހޭ ކަމެއް ހުޅުދޫގައި ނޯންނާނެ ކަމަށް ވިދާޅުވެފައިވާތީ، މިކަން ކައުންސިލުން ޙައްލުކޮށްދިނުމަށް ރައްޔިތުންގެ ބަޔަކު އެދިފައިވާތީ، ހުށަހެޅިފައިވާތީ ހުށަހެޅިފައިވާ މިމައްސަލައިގައި ފެންނަ ދެގޮތެއްކަމަށް ހުހެޅިފައިވާ ގޮތުގެ މައްޗަށް މަޝްވަރާކުރެވުނެވެ. އެއީ، މިކަމަށް ޙައްލެއް ހޯދުމުގައި ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކުގައި ދަންނަވައިގެން މިކަމަށް ޙައްލެއް ލިބޭތޯ ބެލުމެވެ. ދެވަނަ ގޮތަކީ  ކަމާއިބެހޭ  ފަރާތްތަކުގެ އެހީތެރިކަން ނުލިބިއްޖެނަމަ، ކައުންސިލުން މިކަމަށް ޙައްލެއް ހޯއްދަވައި ދެއްވުމަށް ކުރެވިދާނެ މަސައްކަތްތަކަކީ ކޮބައިތޯ ބަލާ، އެކަމަށް ކުރަންޖެހޭ މަސައްކަތް ޕްރޮޖެކްޓްސް ސެކްޝަން މެދުވެރިކޮށް ކުރިއަށް ގެންދިއުމެވެ.

ތާއީދު ކުރެއްވި : ކައުންސިލަރ ޙުސައިން ހިޔާޟް

ހުށަހެޅުން ހުށަހެޅި : ކައުންސިލަރ އިބްރާހިމް ޝުކުރީ

  • މިމައްސަލަ ޖަލްސާއަށް ޙާޟިރުވެ ވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރެއްވިއެވެ.

ވޯޓް ދެއްވި ގޮތް  

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)2017/141

ތާރީޚް: 20 ޖޫން 2017