އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ ބަނދަރު ސަރަހައްދުގައި ޤާއިމްކޮށްފައިވާ ފެރީ ޓަރމިނަލްގެ ދެވަނަ ފިޔަވަހީގެ މަސައްކަތަށް ބޭނުންވާ ބަޖެޓް ހަމަޖެއްސުމާ ގުޅޭ

28 ޖެނުއަރީ 2026     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2026/11

ބޭއްވުނު ތާރީޚް: 28 ޖަނަވަރީ 2026

ޖަލްސާ: 2026 ވަނަ އަހަރުގެ 03 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 221 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީ، ހިތަދޫ ބަނދަރު ސަރަހައްދުގައި ޤާއިމްކޮށްފައިވާ ފެރީ ޓަރމިނަލް ގެ ދެވަނަ ފިޔަވަހީގެ މަސައްކަތަށް ބޭނުންވާ ބަޖެޓް ހަމަޖެއްސުމާއި މެދު ކައުންސިލް އިން ގޮތެއް ނިންމަވައިދެއްވުން އެދި

  މައްސަލަ ހުށަހެޅި ފަރާތް: ޕްރޮޖެކްޓްސް ޑެވެލޮޕްމެންޓް ޔުނިޓް

ނިންމުން

    މައްސަލަ ނިމުނުގޮތް:

  "މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު "އައްޑޫސިޓީ ހިތަދޫ ބަނދަރުގައި ޤާއިމުކޮށްފައިވާ ފެރީ ޓަރމިނަލްގެ 2 ވަނަ ފިޔަވަހީގެ މަސައްކަތްތަކުގެ ދަށުން "ވޯކްވޭ" އެއް ޤާއިމުކުރުމަށާއި އެ ސަރަހައްދު "ލޭންޑްސްކޭޕް" ކުރުމުގެ މަސައްކަތް މިއަހަރުގެ އެކްޓިވިޓީ ކަލަންޑާރގައި ހިމަނައި، އިއުލާންކޮށް، މި މަސައްކަތް ކުރުމަށް ބަޖެޓް ހަމަޖެއްސުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާހިމް ޝިނާޒް

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުޢާއު

 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00 ވޯޓް  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 09 ވޯޓް

ވޯޓުގައި ބައިވެރިވި: 09 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2026/11

ތާރީޚް: 28 ޖެނުއަރީ 2026