އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޓޫރިޒަމް ކޮމިޓީގެ ރަސްމީ 58 ވަނަ ބައްދަލުވުމުގެ ނިންމުންތަކާ ގުޅޭ (12-02)

28 ޖެނުއަރީ 2026     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2026/12-02

ބޭއްވުނު ތާރީޚް: 28 ޖަނަވަރީ 2026

ޖަލްސާ: 2026 ވަނަ އަހަރުގެ 03 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 220 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:

ޓޫރިޒަމް ކޮމިޓީގެ 58 ވަނަ ބައްދަލުވުމުން ނިންމާފައިވާ، މައްސަލަތައް ކުރިއަށް ގެންދިއުމާމެދު ކައުންސިލުން ގޮތެއް ނިންމުމަށް.

  މައްސަލަ ހުށަހެޅި ފަރާތް: ޓޫރިޒަމް ކޮމިޓީ

ނިންމުން

    މައްސަލަ ނިމުނުގޮތް:

  " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް  ކުރުމަށްފަހު " ޓޫރިޒަމް ކޮމިޓީގެ 58 ވަނަ ބައްދަލުވުމުން ނިންމާފައިވާ މައްސަލަތައް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާގުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި: ކައުންސިލަރ، ޚާލިދާ މުހައްމަދު

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ،  އިބްރާހިމް ޝިނާޒް

 

ޓޫރިޒަމް ކޮމިޓީއިން ހުށަހަޅާފައިވާ މައްސަލަ

ސ.ފޭދޫ ޓުއަރިޒަމް ޒޯނާއި ސަވާހިލި ބީޗް ފުންކުރުމާއި ލެގޫން ފުންކުރުމުގެ މަސައްކަތުގެ ސްކޯޕް ފުޅާކުރުމަށް ޕްރިމިއަރ ޕްރޮޕަޓީ ޕްރައިވެޓް ލިމިޓެޑްއިން ހުށަހަޅާފައިވާ މައްސަލަ އާއި ގުޅިގެން އެފަރާތުން އެދިފައިވާ ހުއްދަތައް ދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައާއި ގުޅިގެން ކޮމެޓީއިން ނިންމަވާފާއިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާގުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00 ވޯޓް  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް:09 ވޯޓް

ވޯޓުގައި ބައިވެރިވި: 09 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2026/12-02

ތާރީޚް: 28 ޖެނުއަރީ 2026