އައްޑޫސިޓީ ކައުންސިލްގެ އިދާރާ

"ބޮނޑަގޭ އާޓް ގެލެރީ ހިންގުމުގެ އުޞޫލު" އާއި "ބޮނޑަގޭ އާޓް ގެލެރީގެ ބައިތައް ކުއްޔަށް ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ އުޞޫލު" ފާސްކުރުމަށް

11 ފެބުރުއަރީ 2026     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2026/16

ބޭއްވުނު ތާރީޚް: 04 ފެބްރުއަރީ 2026

ޖަލްސާ: 2026 ވަނަ އަހަރުގެ 04 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 222 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

"ބޮނޑަގޭ އާޓް ގެލެރީ ހިންގުމުގެ އުޞޫލު" އާއި "ބޮނޑަގޭ އާޓް ގެލެރީގެ ބައިތައް ކުއްޔަށް ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ އުޞޫލު"  ފާސްކުރުމަށް.

  މައްސަލަ ހުށަހެޅި ފަރާތް: އާއްމު ކޮމިޓީ

ނިންމުން

    މައްސަލަ ނިމުނުގޮތް:

  "މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު " "ބޮނޑަގޭ އާޓް ގެލެރީ ހިންގުމުގެ އުޞޫލު" އާއި "ބޮނޑަގޭ އާޓް ގެލެރީގެ ބައިތައް ކުއްޔަށް ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ އުޞޫލު"  ފާސްކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި: ކައުންސިލަރ، ޑރ. އާމިނަތު އަދާލާ ރަޝީދު

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިބްރާހިމް ޝިނާޒް

 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01 ވޯޓް  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 09 ވޯޓް

ވޯޓުގައި ބައިވެރިވި: 10 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2026/16

ތާރީޚް: 11 ފެބުރުއަރީ 2026