އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ ޑެޕިއުޓީ މޭޔަރ އިންތިޚާބު ކުރުން

18 މޭއި 2026     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(5)/2026/01

ބޭއްވުނު ތާރީޚް: 18 މެއި 2026

ޖަލްސާ: 2026 ވަނަ އަހަރުގެ 09 ވަނަ ރަސްމީ ޖަލްސާ (5 ވަނަ ކައުންސިލްގެ 01 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ ޑެޕިއުޓީ މޭޔަރ އިންތިޚާބު ކުރުން.

  މައްސަލަ ހުށަހެޅި ފަރާތް:  ކައުންސިލް ބިއުރޯ

ނިންމުން

    މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށްފަހު، އައްޑޫސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ ޑެޕިއުޓީ މޭޔަރ ކަމަށް ވާދަ ކުރެއްވުމަށް ހުށަހެޅުމަށް ރިޔާސަތުން ހުޅުވާލެވުނު ފުރުޞަތުގައި، ޑެޕިއުޓީ މޭޔަރ ގެ މަޤާމަށް ކުރިމަތިލާފައިވަނީ  ސ.ހިތަދޫ ވައިލެޓްމާގެ، އަލްފާޟިލް މުޙައްމަދު ޝުޢާޢު އެކަނި ކަމުގައިވާތީ ، ލޯކަލް ގަވަރމަންޓް އޮތޯރިޓީ ނަންބަރު 221-CCS/2026/46  ސިޓީގައިވާ ގޮތުގެ މަތިން ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލުމުން އެކަކު ކުރިމަތިލައިފިނަމަ، އެމަޤާމަށް ކުރިމަތިލީ މެމްބަރު ވޯޓަކަށް ނުގޮސް ޑެޕިއުޓީ މޭޔަރުގެ މަޤާމަށް އިންތިހާބު ވެއްޖެކަމަށް ކަނޑައަޅަންވާނެ ކަމަށް އަންގަވާފައިވާތީ،  އައްޑޫ ސިޓީ ކައުންސިލްގެ  5 ވަނަ ދައުރުގެ ޑެޕިއުޓީ މޭޔަރ ކަމަށް، ސ.ހިތަދޫ ވައިލެޓްމާގެ، އަލްފާޟިލް މުޙައްމަދު ޝުޢާޢުގެ ނަން ކަނޑައަޅައި ކައުންސިލްގެ ރިޔާސަތުން ނިންމެވިއެވެ.




ބާވަތް: ނިންމުން

ދައުރު: ފަސްވަނަ ދައުރު

ނަންބަރ: 426-B(5)/2026/01

ތާރީޚް: 18 މޭއި 2026