އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީ ކައުންސިލްގެ 05 ވަނަ ދައުރުގެ އެޑްވައިޒަރީ ކޮމިޓީތައް އުފައްދައި ކޮމިޓީތަކަށް މެމްބަރުން ކަނޑައެޅުމާ ގުޅޭ

3 ޖޫން 2026     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(5)/2026/04

ބޭއްވުނު ތާރީޚް: 03 ޖޫން 2026

ޖަލްސާ: 2026 ވަނަ އަހަރުގެ 10 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 02 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:

ލޯކަލް ކައުންސިލްތަކުގެ އާންމު އިޖުރާއީ ޤަވާއިދުގެ 93 ވަނަ މާއްދާގެ (ހ) ، (ށ) ، (ނ) ގެ ދަށުން އައްޑޫސިޓީ ކައުންސިލްގެ 05 ވަނަ ދައުރުގެ އެޑްވައިޒަރީ ކޮމިޓީތައް އުފައްދައި ކޮމިޓީތަކަށް މެމްބަރުން ކަނޑައެޅުމާއި މެދު ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލް ބިއުރޯ ޔުނިޓު

 

ނިންމުން

    މައްސަލަ ނިމުނުގޮތް:

 "މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް  ކުރުމަށްފަހު ލޯކަލް ކައުންސިލްތަކުގެ އާންމު އިޖުރާއީ ގަވާއިދުގެ 93 ވަނަ މާއްދާގެ (ހ)، (ށ) އަދި (ނ) ގެ ދަށުން، އައްޑޫސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ އެޑްވައިޒަރީ ކޮމިޓީތައް ތިރީގައިވާ ގޮތަށް އެކުލަވައިލައި، އެ ކޮމިޓީތަކަށް މެންބަރުން ކަނޑައެޅުމަށާއި އަދި ކޮމިޓީތަކުގެ އިދާރީ ހިންގުން ހަރުދަނާކުރުމަށްޓަކައި، ކައުންސިލް ބިއުރޯ ޔުނިޓު އިން ކޮމިޓީތަކުގެ އެންމެހާ އިންތިޒާމްތައް ހަމަޖެއްސުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

އައްޑޫސިޓީ ކައުންސިލްގެ 05 ވަނަ ދައުރުގެ އެޑްވައިޒަރީ ކޮމިޓީތައް

  • ރިލިޖަސް އެޑްވައިޒަރީ ކޮމިޓީ
  • ޔޫތު އެޑްވައިޒަރީ ކޮމިޓީ
  • ފިޝަރީޒް އެންޑް އެގްރިކަލްޗަރ އެޑްވައިޒަރީ ކޮމިޓީ
  • ބިޒްނަސް އެންޑް ޓޫރިޒަމް އެޑްވައިޒަރީ ކޮމިޓީ
  • އެންވަޔަރަންމަންޓް އެޑްވައިޒަރީ ކޮމިޓީ
  • ސޯޝަލް އެޑްވައިޒަރީ ކޮމެޓީ

އައްޑޫސިޓީ ކައުންސިލްގެ 05 ވަނަ ދައުރުގެ އެޑްވައިޒަރީ ކޮމިޓީތަކުގެ މެމްބަރުން

  1. މޭޔަރ، ޢަލީ ނިޒާރު
  2. ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުޢާޢު
  3. ކަމާގުޅޭ ދާއިރާ ތަމްސީލުކުރައްވާ ކައުންސިލަރު
  4. އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާ
  5. ސެކްރެޓަރީ ޖެނަރަލް، އިމާދު ޞާލިޙް
  6. އާންމުކޮށް ހުޅުވާލައިގެން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ހޮވައިލެވޭ، އެ ދާއިރާއާ ގުޅުންހުރި އެންމެ ގިނަވެގެން 05 (ފަހެއް) މެންބަރުން

ތާއީދު ކުރެއްވި: ކައުންސިލަރ، ޙުސައިން ޒަރީރު

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ޑރ.އާމިނަތު އަދާލާ ރަޝީދު

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 09 ވޯޓް

ފެންނަކަމަށް: 09 ވޯޓް

ނުފެންނަކަމަށް: 00

ބައިވެރިވެވަޑައިނުގަންނަވާ:00

 



ބާވަތް: ނިންމުން

ދައުރު: ފަސްވަނަ ދައުރު

ނަންބަރ: 426-B(5)/2026/04

ތާރީޚް: 3 ޖޫން 2026