އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީ އަލުން އެކުލަވާލުން

3 ޖޫން 2026     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(5)/2026/05

ބޭއްވުނު ތާރީޚް: 03 ޖޫން 2026

ޖަލްސާ: 2026 ވަނަ އަހަރުގެ 10 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 02 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:

ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީ އަލުން އެކުލަވާލުން

މައްސަލަ ހުށަހެޅި ފަރާތް: އެޗް.އާރް ޔުނިޓް

 

ނިންމުން

    މައްސަލަ ނިމުނުގޮތް:

 "މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް  ކުރުމަށްފަހު " ޤާނޫނު ނަމްބަރު 16/2014 ( ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާ ކުރުން ހުއްޓުވުމުގެ ޤަނޫނު) ގެ 18 ވަނަ މާއްދާގައި ބާޔާން ކުރެވިފައިވާ ގޮތުގެ މަތިން އައްޑޫސިޓީ ކައުންސިލްގެ އިދާރާގައި " ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާ ކުރުން ހުއްޓުވުމުގެ ކޮމިޓީ" އެކުލަވާލުމަށް ފެންނަކަމަށާއި، މިކޮމިޓީގެ މެމްބަރުންގެ ގޮތުގައި ސެކްރެޓަރީ ޖެނަރަލް، އިމާދު ޞާލިޙް، ކައުންސިލް އެގްޒެކެޓިވް، ނޫރާ ޖަލީލް އަދި ލީގަލް އޮފިސަރ، ޙުސައިން ޙަބީބްގެ ނަން ކަނޑައެޅުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި: ކައުންސިލަރ، މަރްޔަމް ސަޢީދާ

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ޙުސައިން ޒަރީރު

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 09 ވޯޓް

ފެންނަކަމަށް: 09 ވޯޓް

ނުފެންނަކަމަށް: 00

ބައިވެރިވެވަޑައިނުގަންނަވާ:00

 



ބާވަތް: ނިންމުން

ދައުރު: ފަސްވަނަ ދައުރު

ނަންބަރ: 426-B(5)/2026/05

ތާރީޚް: 3 ޖޫން 2026