އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ލާމަރުކަޒީ ޤާނޫނަށް ގެނެވުނު 16 ވަނަ އިސްލާހުގެ ދަށުން ޖަވާބު ނުލިބި ހުރި މައްސަލަތަކާއި އަދި ކުރިއަށް ނުގެންދެވި ހުރި މައްސަލަތަކާ ގުޅޭ

3 ޖޫން 2026     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(5)/2026/06

ބޭއްވުނު ތާރީޚް: 03 ޖޫން 2026

ޖަލްސާ: 2026 ވަނަ އަހަރުގެ 10 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 02 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:

ލާމަރުކަޒީ ޤާނޫނަށް ގެނެވުނު 16ވަނަ އިސްލާހުގެ ދަށުން ހެދިފައިވާ ޤަވާއިދުގައިވާ ގޮތަށް ހުއްދަ ހޯދަން މާލީ ކަންކަމާއިބެހޭ ވުޒާރާ އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވާފައި، ޖަވާބު ނުލިބި ހުރި މައްސަލަތަކާއި އަދި މިއިސްލާހުގެ ސަބަބުން ކުރިއަށް ނުގެންދެވި ހުރި މައްސަލަތައް ކައުންސިލުން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ، އިބްރާހީމް ޝިނާޒް

 

ނިންމުން

    މައްސަލަ ނިމުނުގޮތް:

 "މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް  ކުރުމަށްފަހު " ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނެވުނު 16 ވަނަ އިޞްލާޙުގެ ދަށުން ހެދިފައިވާ ޤަވާއިދުގައިވާ ގޮތަށް ހުއްދަ ހޯދަން މާލީ ކަންކަމާއިބެހޭ ވުޒާރާ އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވާފައި، ޖަވާބު ނުލިބި ހުރި މައްސަލަތަކާއި އަދި މިއިސްލާހުގެ ސަބަބުން ކުރިއަށް ނުގެންދެވި ހުރި މައްސަލަތައް ކައުންސިލުން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި: ކައުންސިލަރ، ޙުސައިން ޒަރީރު

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިބްރާހީމް ޝިނާޒް

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 09 ވޯޓް

ފެންނަކަމަށް: 09 ވޯޓް

ނުފެންނަކަމަށް: 00

ބައިވެރިވެވަޑައިނުގަންނަވާ:00

 



ބާވަތް: ނިންމުން

ދައުރު: ފަސްވަނަ ދައުރު

ނަންބަރ: 426-B(5)/2026/06

ތާރީޚް: 3 ޖޫން 2026