އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މަރަދޫފޭދޫއިން ބަންޑާރަ ގޯތި ދޫކުރުމަށް ކުރެވުނު ޢިއުލާނާ ގުޅިގެން ހުށަހެޅުނު ފޯމުތައް އިވެލުއޭޓު ކުރުމަށް އަލުން ކޮމިޓީ އެކުލަވާލުމާ ގުޅޭ

10 ޖޫން 2026     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(5)/2026/08

ބޭއްވުނު ތާރީޚް: 10 ޖޫން 2026

ޖަލްސާ: 2026 ވަނަ އަހަރުގެ 11 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 03 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:

އައްޑޫ ސިޓީ މަރަދޫފޭދޫ އަވަށުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ކުރެވުނު ޢިއުލާން ނަންބަރު: (IUL)426-AE/426/2025/277 އާއި ގުޅިގެން ހުށަހެޅުނު ފޯމުތައް އިވެލުއޭޓު ކުރުމަށް އަލުން  ކޮމިޓީ އެކުލަވާލުމަށް އެދި

މައްސަލަ ހުށަހެޅި ފަރާތް: މަރަދޫފޭދޫ އަވަށު އޮފީސް

 

ނިންމުން

    މައްސަލަ ނިމުނުގޮތް:

"މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް  ކުރުމަށްފަހު " އައްޑޫ ސިޓީ މަރަދޫފޭދޫ އަވަށުން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށްޓަކައި ކުރެވުނު ނަންބަރު (IUL)426-AE/426/2025/277 އިޢުލާނާ ގުޅިގެން ހުށަހެޅި ފޯމުތައް އިވެލުއޭޓް ކުރުމަށްޓަކައި، ތިރީގައި ބަޔާންކުރެވިފައިވާ ގޮތަށް އަލުން ކޮމިޓީއެއް އެކުލަވާލުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން ހުށަހެޅުން ފާސްކުރެވުނެވެ.

  • އަޤީލް މުޙައްމަދު (މަރަދޫފޭދޫ ދައިރާގެ ކައުންސިލަރ)
  • ނުސްރަތު ރަޝީދު (މަރަދޫ ދާއިރާގެ ކައުންސިލަރ)
  • ޢާއިޝަތު ޝީނާޒު (އ.ތ.މ.ކ. ގެ މަރަދޫފޭދޫ ދާއިރާގެ މެމްބަރު)
  • މުނާ ޒުހައިރު (ރައްޔިތުންގެ ފަރާތުން އައްޔަން ކުރެވޭ މެމްބަރު)
  • ޙުސައިން ހަބީބް (ލީގަލް، އައްޑޫ ސިޓީ ކައުންސިލް)
  • ނިޒްނީ މުޙައްމަދު ދީދީ (ޢިދާރީ ގޮތުން، ކައުންސިލް އެގްޒެކެޓިވް)
  • ޒަހްރާ ޒިހްނީ (ޢިދާރީ ގޮތުން، އ.ކައުންސިލް އެގްޒެކެޓިވް)
  • ޢާއިޝަތު ޢިބްރާހީމް (ޢިދާރީ ގޮތުން، އެސޯސިއޭޓް ކައުންސިލް އޮފިސަރ)

ތާއީދު ކުރެއްވި: ކައުންސިލަރ، އިސްމާޢިލް ސަޢީދު

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، މަރްޔަމް ސަޢީދާ

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 10 ވޯޓް

ފެންނަކަމަށް: 10 ވޯޓް

ނުފެންނަކަމަށް: 00

ބައިވެރިވެވަޑައިނުގަންނަވާ:00

 



ބާވަތް: ނިންމުން

ދައުރު: ފަސްވަނަ ދައުރު

ނަންބަރ: 426-B(5)/2026/08

ތާރީޚް: 10 ޖޫން 2026