އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސ. މަރަދޫފޭދޫ މަސްޖިދުއް ނޫރު ތަޅާލުމަށްފަހު އެ ބިމުގައި އާ މިސްކިތެއް ބިނާކުރުމާ ގުޅޭ

10 ޖޫން 2026     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(5)/2026/11

ބޭއްވުނު ތާރީޚް: 10 ޖޫން 2026

ޖަލްސާ: 2026 ވަނަ އަހަރުގެ 11 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 03 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:

ސ. މަރަދޫފޭދޫ މަސްޖިދުއް ނޫރު ތަޅާލުމަށްފަހު، އެ ބިމުގައި އާ މިސްކިތެއް ބިނާކުރުމަށް ހެޔޮއެދޭ ފަރާތަކުން މި އޮފީހަށް ހުށަހަޅާފައިވާތީ، މިހާރު ހުރި މިސްކިތް ތަޅާލައި އާ މިސްކިތެއް ބިނާކުރުމުގެ ހުއްދައަށް އެދި.

މައްސަލަ ހުށަހެޅި ފަރާތް: މަރަދޫފޭދޫ އަވަށު އޮފީސް

 

ނިންމުން

މައްސަލަ ނިމުނުގޮތް:

"މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު "  މަސްޖިދުއް ނޫރު ތަޅާލައި އެބިމުގައި އާ މިސްކިތެއް ބިނާކުރުމަށް ހުށަހަޅާފައިވާ ކުރެހުންތަކާ އެއްގޮތަށް ހުއްދަދިނުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި: ކައުންސިލަރ، ހުސައިން ޒަރީރު

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ޢަޤީލް މުޙައްމަދު

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 10 ވޯޓް

ފެންނަކަމަށް: 10 ވޯޓް

ނުފެންނަކަމަށް: 00

ބައިވެރިވެވަޑައިނުގަންނަވާ:00

 



ބާވަތް: ނިންމުން

ދައުރު: ފަސްވަނަ ދައުރު

ނަންބަރ: 426-B(5)/2026/11

ތާރީޚް: 10 ޖޫން 2026