އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމިޓީގެ ރަސްމީ 05 ވަނަ ބައްދަލުވުމުގެ ނިންމުންތަކާ ގުޅޭ (16-02)

24 ޖޫން 2026     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(5)/2026/16-02

ބޭއްވުނު ތާރީޚް: 24 ޖޫން 2026

ޖަލްސާ: 2026 ވަނަ އަހަރުގެ 13 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 05 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:

އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމެޓީގެ 05 ވަނަ ދައުރުގެ ފުރަތަމަ ބައްދަލުވުމުން ނިންމާފައިވާ، މައްސަލަތައް ކުރިޔަށް ގެންދިއުމާމެދު ކައުންސިލުން ގޮތެއް ނިންމުމަށް

މައްސަލަ ހުށަހެޅި ފަރާތް: އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމިޓީ

ނިންމުން

    މައްސަލަ ނިމުނުގޮތް:

"މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް  ކުރުމަށްފަހު " އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމިޓީގެ 05 ވަނަ ދައުރުގެ ފުރަތަމަ ބައްދަލުވުމުން ނިންމާފައިވާ، މައްސަލަތައް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އަޣްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި: ކައުންސިލަރ، ޑރ.އާމިނަތު އަދާލާ ރަޝީދު

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އަޤީލް މުޙައްމަދު

އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމިޓީއިން ހުށަހަޅާފައިވާ މައްސަލަ

ޕްލޭނިންގެ ސެކްޝަނުން ހުށައަޅާފައިވާ އައްޑޫސިޓީގެ ޓޫރިޒަމް ޒޯންތަކުން ބިންތައް ކުއްޔަށް ދޫކުރުމާއި ބެލެހެއްޓުމުގައި އަމަލުކުރަންވީ މިންގަނޑުތައް ބަޔާންކުރާ އުސޫލު (SOP) ފާސް ކުރުމަށާއި، ޓޫރިޒަމް ބިންތަކާއި ގުޅިގެން ހުށައެޅޭ ވަކި ވަކި މައްސަލަތައް ރެގިއުލޭޓްކޮށް ހަމަ ހަމަ އުސޫލަކުން މައްސަލަތައް ނިންމުމަށް، ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމެޓީއިން ޢަމަލު ކުރާނެ އުސޫލެއް ކަނޑައެޅިފައި އޮތުމަކީ މުހިއްމު ކަމެއްކަމުގައި ވާއިރު، ލީގަލް އެންޑް ގަވަރަނެންސް ޔުނިޓަށް ހުށައަޅައިގެން، ޓޫރިޒަމް ބިންތަކާއި ގުޅިގެން ހުށައެޅޭ މައްސަލަތަކާއި (ރައިޓް ޓްރާންސްފަރ، ބިމުގެ ސައިޒަށް ބަދަލު ގެނައުން، ބިން ރީލޮކޭޓް ކުރުން) މެދު ޢަމަލު ކުރާނެ ގޮތުގެ އުސޫލެއް ތައްޔާރު ކުރުމަށް ފެންނަކަމަށް ، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އަޣްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 09 ވޯޓް

ފެންނަކަމަށް: 08 ވޯޓް

ނުފެންނަކަމަށް: 01

ބައިވެރިވެވަޑައިނުގަންނަވާ:00

 



ބާވަތް: ނިންމުން

ދައުރު: ފަސްވަނަ ދައުރު

ނަންބަރ: 426-B(5)/2026/16-02

ތާރީޚް: 24 ޖޫން 2026