ކައުންސިލްގެ ނިންމުން
|
ނިންމުން ނަންބަރު: 426-B(5)/2026/16-03 |
|
|
ބޭއްވުނު ތާރީޚް: 24 ޖޫން 2026 |
ޖަލްސާ: 2026 ވަނަ އަހަރުގެ 13 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 05 ވަނަ ޖަލްސާ) |
|
މައްސަލަ |
|
|
ހުށަހެޅުނު މައްސަލަ: އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމެޓީގެ 05 ވަނަ ދައުރުގެ ފުރަތަމަ ބައްދަލުވުމުން ނިންމާފައިވާ، މައްސަލަތައް ކުރިޔަށް ގެންދިއުމާމެދު ކައުންސިލުން ގޮތެއް ނިންމުމަށް |
|
|
މައްސަލަ ހުށަހެޅި ފަރާތް: އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމިޓީ |
|
|
ނިންމުން |
|
|
މައްސަލަ ނިމުނުގޮތް: "މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު " އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމިޓީގެ 05 ވަނަ ދައުރުގެ ފުރަތަމަ ބައްދަލުވުމުން ނިންމާފައިވާ، މައްސަލަތައް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އަޣްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
|
|
ތާއީދު ކުރެއްވި: ކައުންސިލަރ، ޑރ.އާމިނަތު އަދާލާ ރަޝީދު |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އަޤީލް މުޙައްމަދު |
|
އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމިޓީއިން ހުށަހަޅާފައިވާ މައްސަލަ ފޭދޫ ޓޫރިޒަމް ޒޯނުން ގެސްޓްހައުސް ހިންގުމަށް ސ.މަރަދޫ ފްލަވަރުގެ، މުޙައްމަދު ރަޝީދުއަށް ދޫކޮށްފައިވާ 5000 އަކަފޫޓުގެ C4 ޕްލޮޓްގެ ކުރިމަތީން ރެސްޓޯރަންޓްއެއް ތަރައްޤީކުރުމަށް، ދިގުމިނުގައި 100 ފޫޓު، ފުޅާމިނުގައި 50 ފޫޓު ހިމެނޭގޮތަށް ބިން އިތުރުކޮށްދިނުމަށް އެދިފައި ވުމާއި ގުޅިގެން، ފޭދޫ ޓޫރިޒަމް ޒޯންއަކީ ވަކިވަކި ސާރވިސްތައް ޕްލޭން ވެގެން އެކުލެވިފައިވާ ޒޯންއެއްކަމާއި ބިން އިތުރު ކުރުމާއި ގުޅޭ ގޮތުގެ އުސޫލެއް ކަނޑައެޅުމަށްފަހު މި މައްސަލައާއިމެދު ގޮތެއް ނިންމުމަށާއި އަދި އެފަރާތަށްވެސް މިގޮތަށް ޖަވާބު ދިނުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އަޣްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
|
|
ވޯޓް ދެއްވި ގޮތް |
|
|
ވޯޓުގައި ބައިވެރިވި: 09 ވޯޓް |
ފެންނަކަމަށް: 08 ވޯޓް |
ނުފެންނަކަމަށް: 01 |
ބައިވެރިވެވަޑައިނުގަންނަވާ:00 |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

