އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމިޓީގެ ރަސްމީ 05 ވަނަ ބައްދަލުވުމުގެ ނިންމުންތަކާ ގުޅޭ (16-04)

24 ޖޫން 2026     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(5)/2026/16-04

ބޭއްވުނު ތާރީޚް: 24 ޖޫން 2026

ޖަލްސާ: 2026 ވަނަ އަހަރުގެ 13 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 05 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:

އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމެޓީގެ 05 ވަނަ ދައުރުގެ ފުރަތަމަ ބައްދަލުވުމުން ނިންމާފައިވާ، މައްސަލަތައް ކުރިޔަށް ގެންދިއުމާމެދު ކައުންސިލުން ގޮތެއް ނިންމުމަށް

މައްސަލަ ހުށަހެޅި ފަރާތް: އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމިޓީ

ނިންމުން

    މައްސަލަ ނިމުނުގޮތް:

"މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް  ކުރުމަށްފަހު " އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމިޓީގެ 05 ވަނަ ދައުރުގެ ފުރަތަމަ ބައްދަލުވުމުން ނިންމާފައިވާ، މައްސަލަތައް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އަޣްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި: ކައުންސިލަރ، ޑރ.އާމިނަތު އަދާލާ ރަޝީދު

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އަޤީލް މުޙައްމަދު

އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމިޓީއިން ހުށަހަޅާފައިވާ މައްސަލަ

ފޭދޫ ޓޫރިޒަމް ޒޯންގައި ޓޫރިސްޓް ބެޑާއި ޚިދުމަތްތައް ޤާއިމު ކުރެވޭއިރު އެތަނުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ނަމާދު ކުރެވޭނެ އިންތިޒާމު އެ ސަރަހައްދުގައި ހަމަޖެއްސުމުގެ ގޮތުން، ޕްރިމިއަރ ޕްރޮޕަޓީސް ޕްރައިވެޓް ލިމިޓެޑްގެ ޚަރަދުގައި މިސްކިތެއް އެޅުމަށް، 3500 އަކަފޫޓަށްވުރެ ކުޑަނޫން ބިމެއް ހަމަޖައްސަވައި ދެއްވުމަށް އެދި އެ ކުންފުނިން ހުށަހަޅާފައިވާ މައްސަލައާއި ގުޅިގެން، ބިން އިތުރު ކުރުމާއި ގުޅޭ ގޮތުގެ އުސޫލެއް ކަނޑައެޅުމަށްފަހު މި މައްސަލައާއި މެދު ގޮތެއް ނިންމުމަށާއި އަދި އެފަރާތަށްވެސް މިގޮތަށް ޖަވާބު ދިނުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އަޣްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 09 ވޯޓް

ފެންނަކަމަށް: 08 ވޯޓް

ނުފެންނަކަމަށް: 01

ބައިވެރިވެވަޑައިނުގަންނަވާ:00

 



ބާވަތް: ނިންމުން

ދައުރު: ފަސްވަނަ ދައުރު

ނަންބަރ: 426-B(5)/2026/16-04

ތާރީޚް: 24 ޖޫން 2026