ކައުންސިލްގެ ނިންމުން
|
ނިންމުން ނަންބަރު: 426-B(5)/2026/16-07 |
|
|
ބޭއްވުނު ތާރީޚް: 24 ޖޫން 2026 |
ޖަލްސާ: 2026 ވަނަ އަހަރުގެ 13 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 05 ވަނަ ޖަލްސާ) |
|
މައްސަލަ |
|
|
ހުށަހެޅުނު މައްސަލަ: އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމެޓީގެ 05 ވަނަ ދައުރުގެ ފުރަތަމަ ބައްދަލުވުމުން ނިންމާފައިވާ، މައްސަލަތައް ކުރިޔަށް ގެންދިއުމާމެދު ކައުންސިލުން ގޮތެއް ނިންމުމަށް |
|
|
މައްސަލަ ހުށަހެޅި ފަރާތް: އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމިޓީ |
|
|
ނިންމުން |
|
|
މައްސަލަ ނިމުނުގޮތް: "މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު " އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމިޓީގެ 05 ވަނަ ދައުރުގެ ފުރަތަމަ ބައްދަލުވުމުން ނިންމާފައިވާ، މައްސަލަތައް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އަޣްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
|
|
ތާއީދު ކުރެއްވި: ކައުންސިލަރ، ޑރ.އާމިނަތު އަދާލާ ރަޝީދު |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އަޤީލް މުޙައްމަދު |
|
އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމިޓީއިން ހުށަހަޅާފައިވާ މައްސަލަ ފޭދޫ ޓޫރިޒަމް ޒޯންއިން ޓޫރިސްޓް ހޮޓެލް ހިންގުމަށް ސ.ފޭދޫ، ކޯމަސް މޫސާ ދީއަށް ދޫކޮށްފައިވާ 10000 އަކަފޫޓުގެ A1 ޕްލޮޓް އަދި އެފަރާތަށް ފޭދޫ ޓޫރިޒަމް ޒޯންއިން ދޫކޮށްފައިވާ 5000 އަކަފޫޓުގެ C3 ޕްލޮޓްގެ ޙައްޤުތައް ޕްރިމިއަރ ޕްރޮޕަޓީސް ޕަރްއިވެޓް ލިމިޓެޑްއަށް ބަދަލުކޮށް ދިނުމަށް އެދިފައި ވުމާއި ގުޅިގެން، އެފަރާތުން އެދިފައިވާ ގޮތަށް، ފޭދޫ ޓޫރިޒަމް ޒޯންގެ A1 އަދި C3 ޕްލޮޓްގެ އެންމެހައި ހައްޤުތަކާއި ޒިންމާތައް ޕްރިމިއަރ ޕްރޮޕަޓީސް ޕަރްއިވެޓް ލިމިޓެޑްއަށް ބަދަލުކުރުމަށާއި، މީގެ އިތުރުން، އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގްރޭސް ޕީރިއަޑް އަލުން އައު ކުރުމުގެ ބަދަލުގައި، މިހާރު އޮތް ގޮތަށް އެ މުއްދަތު ކުރިއަށް ގެންދިއުމަށް ފެންނަކަމަށް،، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އަޣްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
|
|
ވޯޓް ދެއްވި ގޮތް |
|
|
ވޯޓުގައި ބައިވެރިވި: 09 ވޯޓް |
ފެންނަކަމަށް: 08 ވޯޓް |
ނުފެންނަކަމަށް: 01 |
ބައިވެރިވެވަޑައިނުގަންނަވާ:00 |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

