ކައުންސިލްގެ ނިންމުން
|
ނިންމުން ނަންބަރު: 426-B(5)/2026/16-08 |
|
|
ބޭއްވުނު ތާރީޚް: 24 ޖޫން 2026 |
ޖަލްސާ: 2026 ވަނަ އަހަރުގެ 13 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 05 ވަނަ ޖަލްސާ) |
|
މައްސަލަ |
|
|
ހުށަހެޅުނު މައްސަލަ: އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމެޓީގެ 05 ވަނަ ދައުރުގެ ފުރަތަމަ ބައްދަލުވުމުން ނިންމާފައިވާ، މައްސަލަތައް ކުރިޔަށް ގެންދިއުމާމެދު ކައުންސިލުން ގޮތެއް ނިންމުމަށް |
|
|
މައްސަލަ ހުށަހެޅި ފަރާތް: އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމިޓީ |
|
|
ނިންމުން |
|
|
މައްސަލަ ނިމުނުގޮތް: "މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު " އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމިޓީގެ 05 ވަނަ ދައުރުގެ ފުރަތަމަ ބައްދަލުވުމުން ނިންމާފައިވާ، މައްސަލަތައް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އަޣްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
|
|
ތާއީދު ކުރެއްވި: ކައުންސިލަރ، ޑރ.އާމިނަތު އަދާލާ ރަޝީދު |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އަޤީލް މުޙައްމަދު |
|
އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމިޓީއިން ހުށަހަޅާފައިވާ މައްސަލަ ޓޫރިޒަމް ޒޯންގެ ސ.ފޭދޫގެ SP1A ލޯންޑްރީގެ ބޭނުމަށް ދޫކޮށްފައިވާ 2000 އަކަފޫޓްގެ ޕްލޮޓާއި ގުޅިގެން ޒަހާ ރެސިޑެންޒް އެންޑް ހޮޓެލްސް ޕވޓ ލޓ އިން ހުށަހަޅާފައިވާ ސިޓީ އާއި ގުޅިގެން، ޒަހާ ރެސިޑެންޒް އެންޑް ހޮޓެލްސް ޕވޓ ލޓ އިން އެދިފައިވާ ގޮތަށް، ފޭދޫ ޓޫރިޒަމް ޒޯންގެ SP 1A ޕްލޮޓް، ޒޯންގެ Z1 އަދި E4 ޕްލޮޓެގް ދެމެދުގައި ހުސްޖާގައަށް 2000 އަކަފޫޓު ހިމެނޭގޮތަށް ރީލޮކޭޓް ކުރުމަށާއި އަދި މިހާރު އެ ޕްލޮޓް އޮތް ސަރަޙައްދުގައިވާ ހުސް ޕްލޮޓް (SP 1B) އެއްކޮއްލުމަށްފަހު 5000 އަކަފޫޓުގެ ބިމެއްގެ ގޮތުގައި ކަނޑައަޅައި އިޢުލާން ކުރުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އަޣްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
|
|
ވޯޓް ދެއްވި ގޮތް |
|
|
ވޯޓުގައި ބައިވެރިވި: 09 ވޯޓް |
ފެންނަކަމަށް: 08 ވޯޓް |
ނުފެންނަކަމަށް: 01 |
ބައިވެރިވެވަޑައިނުގަންނަވާ:00 |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

