އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީ ކައުންސިލާއި މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރުމާ ގުޅޭ

24 ޖޫން 2026     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(5)/2026/18

ބޭއްވުނު ތާރީޚް: 23 ޖޫން 2026

ޖަލްސާ: 2026 ވަނަ އަހަރުގެ 13 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 05 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:

އައްޑޫ ސިޓީ ކައުންސިލާއި މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީއާ ގުޅިގެން 2026 ވަނަ އަހަރު އައްޑޫ ސިޓީގެ އާސާރީ ތަންތަނުގައި ނަންބޯޑު ހަރުކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށާއި، މިކަމަށްޓަކައި އެ ޖަމްޢިއްޔާއާއެކު ފަހުމުނާމާ އެއްގައި ސޮއިކުރުމާއި މެދު ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް: ސްޓްރެޓެޖިކް ޕްލޭނިން، ޓުއަރިޒަމް އެންޑް ބިޒްނަސް ޑިވެލޮޕްމަންޓް

ނިންމުން

    މައްސަލަ ނިމުނުގޮތް:

"މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތްކުރުމަށްފަހު " ކައުންސިލުން މިހާރު އެކުލަވާލާފައިވާ އާސާރީ ތަންތަނުގައި، އެތަނެއްގެ ތާރީޚާއި މުހިންމުކަން އެނގޭނެހެން ދިވެހި އަދި އިނގިރޭސި ބަހުން ކިޔަން ފަސޭހަ، ދިގު މުއްދަތަކަށް ހުންނާނެ ފެންވަރު ރަނގަޅު ސައިންބޯޑުތަކެއް ހަރުކުރުމަށްޓަކައި މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީ އާއިއެކު ފަހުމުނާމާ އެއްގައި ސޮއިކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި: ކައުންސިލަރ، އާއިޝަތު ޒަހާ ޢަލީ

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ޑރ.އާމިނަތު އަދާލާ ރަޝީދު

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 09 ވޯޓް

ފެންނަކަމަށް: 09 ވޯޓް

ނުފެންނަކަމަށް: 00

ބައިވެރިވެވަޑައިނުގަންނަވާ:00

 



ބާވަތް: ނިންމުން

ދައުރު: ފަސްވަނަ ދައުރު

ނަންބަރ: 426-B(5)/2026/18

ތާރީޚް: 24 ޖޫން 2026