އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ލޭންޑް، އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ 02 ވަނަ ބައްދަލުވުމުގެ ނިންމަވާފައިވާ ލަފާ ދީފައިވާ މައްސަލަތަކާ ގުޅޭ (21-05)

8 ޖުލައި 2026     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(5)/2026/21-05

ބޭއްވުނު ތާރީޚް: 08 ޖުލައި 2026

ޖަލްސާ: 2026 ވަނަ އަހަރުގެ 15 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 07 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:

ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 02 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، ލަފާ ދީފައިވާ މައްސަލަތަކަށް ގޮތެއް ނިންމަވައި ދެއްވުން އެދި

މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީ

ނިންމުން

    މައްސަލަ ނިމުނުގޮތް:

"މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް  ކުރުމަށްފަހު "ލޭންޑް އެންޑް  އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 02 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، ލަފާ ދީފައިވާ މައްސަލަތައް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި: ނުސްރަތު ރަޝީދު

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ޑރ. އާމިނަތު އަދާލާ ރަޝީދު

ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީއިން ހުށަހަޅާފައިވާ މައްސަލަ

މަރަދޫފޭދޫ ކޮމިއުނިޓީ ސެންޓަރަށް ބިން އިތުރުކުރުމަށްޓަކައި ބޭނުންވެފައިވާ "ފުންވިލު" ގޯތި އެހެން ގޯއްޗަކަށް ބަދަލުކުރުމާއި ގުޅޭ މައްސަލައިގައި، މިއަހަރުގެ ބަޖެޓުގައި މިކަން ހިމެނިފައި ނުވާތީ، މިއީ މުހިއްމު ކަމެއް ކަމުގައި މަރަދޫފޭދޫ އަވަށުއޮފީހަށް ފާހަގަކުރެވޭ ކަމެއް ކަމުގައިވާނަމަ އަންނަ އަހަރުގެ ބަޖެޓުގައި މި ބަދަލު ދިނުމުގެ ޚަރަދު ހިމަނައިގެން ބަޖެޓު ފާސްކުރުމަށްފަހު، މި ބަދަލު ދިނުމާއިގެން ކުރިޔަށް ދެވިދާނެ ކަމަށް ފެންނަކަމަށާއި،ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ދަތިތަކާއި ގުޅިގެން މި އަހަރު ކައުންސިލަށް އާމްދަނީގެ ގޮތުގައި ސަރުކާރުގެ ގްރާންޓް ގެ ދަށުން ލިބިފައިވާ ފައިސާގެ ދަތިކަމުގެ ސަބަބުން މިވަގުތު މިފަދަ ޚަރަދެއް ކުރެވެން ނެތުމާއި އެކު "ފުންވިލު" ގޯތީގައި ކޮށްފައިވާ މަސައްކަތުގެ އަގު މިވަގުތު ދެވެން ނެތް ކަމަށް އެ ގޯތީގެ ވެރިފަރާތަށް ލިޔުމުން ޖަވާބު ދިނުމަށް ފެންނަކަމަށާއި، މި މައްސަލައާއި ގުޅިގެން އެފަރާތާއި އެކު އިތުރަށް މަޝްވަރާކުރުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 08 ވޯޓް

ފެންނަކަމަށް: 08 ވޯޓް

ނުފެންނަކަމަށް: 00

ބައިވެރިވެވަޑައިނުގަންނަވާ:00

 



ބާވަތް: ނިންމުން

ދައުރު: ފަސްވަނަ ދައުރު

ނަންބަރ: 426-B(5)/2026/21-05

ތާރީޚް: 8 ޖުލައި 2026