އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ލޭންޑް، އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ 02 ވަނަ ބައްދަލުވުމުގެ ނިންމަވާފައިވާ ލަފާ ދީފައިވާ މައްސަލަތަކާ ގުޅޭ (21-06)

8 ޖުލައި 2026     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(5)/2026/21-06

ބޭއްވުނު ތާރީޚް: 08 ޖުލައި 2026

ޖަލްސާ: 2026 ވަނަ އަހަރުގެ 15 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 07 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:

ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 02 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، ލަފާ ދީފައިވާ މައްސަލަތަކަށް ގޮތެއް ނިންމަވައި ދެއްވުން އެދި

މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީ

ނިންމުން

    މައްސަލަ ނިމުނުގޮތް:

"މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް  ކުރުމަށްފަހު "ލޭންޑް އެންޑް  އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 02 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، ލަފާ ދީފައިވާ މައްސަލަތައް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި: ނުސްރަތު ރަޝީދު

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ޑރ. އާމިނަތު އަދާލާ ރަޝީދު

ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީއިން ހުށަހަޅާފައިވާ މައްސަލަ

ހިތަދޫ ލިންކް ރޯޑުގެ ހުޅަނގުން ކަނޑައެޅުނު ސޭފްޒޯނާއި ގުޅިގެން ބިންތައް އަލުން ރީސައިޒް ކުރެވުނުއިރު 3000 އަކަފޫޓަށް ސ.ހިތަދޫ "މައިނަސް" ގޯތި ރީސައިޒްކުރެވިފައިވާތީ އެ ގޯތީގެ ބޮޑުމިން، ކުރިން އޮތް ގޮތަށް އިޞްލާޙުކޮށްދިނުމަށް އެ ގޯތީގެ ވެރިފަރާތުން އެދިފައިވާތީ، "މައިނަސް" ގޯއްޗަކީ ކުރިންވެސް 4000 އަކަފޫޓުގެ ގޮތުގައި ރަޖިސްޓްރީ ކޮށްދެވިފައިވާ ގޯއްޗަކަށްވުމުން، ލިންކްރޯޑު ފުޅާކުރުމަށް މިހާރުވެސް މަސައްކަތް ކުރަމުންދާތީ މި ގޯތި އޮތް ސަރަޙައްދުގެ ސޭފްޒޯނުގެ އިމަށް ނާރާ ގޮތަށް، މި ގޯއްޗަށް 4000 އަކަފޫޓު ހަމަކޮށްދެވޭނެ ޖާގަ އޮތްތޯ އަވަށުއޮފީހުގެ ފަރާތުން ސަރވޭ ކޮށް ބެލުމަށްފަހު، އަދި ލިންކްރޯޑު ފުޅާކުރުމުގެ މަސައްކަތާއި ޙަވާލުވެފައިވާ ކޮންޓްރެކަޓަރާއި މަޝްވަރާކޮށް، ޔަޤީންކުރުމަށްފަހު، 4000 އަކަފޫޓު "މައިނަސް" ގޯއްޗަށް ހަމަކޮށްދެވޭނަމަ އެގޮތަށް ހަމަކޮށް، އެ ގޯތީގެ ރަޖިސްޓްރީ ކުރިން އޮތް ގޮތަށް އިޞްލާޙުކޮށްދިނުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 08 ވޯޓް

ފެންނަކަމަށް: 08 ވޯޓް

ނުފެންނަކަމަށް: 00

ބައިވެރިވެވަޑައިނުގަންނަވާ:00

 



ބާވަތް: ނިންމުން

ދައުރު: ފަސްވަނަ ދައުރު

ނަންބަރ: 426-B(5)/2026/21-06

ތާރީޚް: 8 ޖުލައި 2026