އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމިޓީގެ ރަސްމީ 02 ވަނަ ބައްދަލުވުމުގެ ނިންމުންތަކާ ގުޅޭ (22-01)

8 ޖުލައި 2026     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(5)/2026/22-01

ބޭއްވުނު ތާރީޚް: 08 ޖުލައި 2026

ޖަލްސާ: 2026 ވަނަ އަހަރުގެ 15 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 07 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:

އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމެޓީގެ 02 ވަނަ ބައްދަލުވުމުން ނިންމާފައިވާ، މައްސަލަތައް ކުރިޔަށް ގެންދިއުމާމެދު ކައުންސިލުން ގޮތެއް ނިންމުމަށް

މައްސަލަ ހުށަހެޅި ފަރާތް: އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމިޓީ

ނިންމުން

    މައްސަލަ ނިމުނުގޮތް:

"މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް  ކުރުމަށްފަހު " އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމިޓީގެ 02 ވަނަ ބައްދަލުވުމުން ނިންމާފައިވާ، މައްސަލަތައް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި: ކައުންސިލަރ، އިސްމާޢިލް ސަޢީދު

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އަޤީލް މުޙައްމަދު

އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމިޓީއިން ހުށަހަޅާފައިވާ މައްސަލަ

ފޭދޫ ޓޫރިޒަމް ޒޯނުން ގެސްޓްހައުސް ހިންގުމަށް ސ.މަރަދޫ ފްލަވަރުގެ، މުޙައްމަދު ރަޝީދުއަށް ދޫކޮށްފައިވާ 5000 އަކަފޫޓުގެ C4 ޕްލޮޓްގެ ކުރިމަތީން ރެސްޓޯރަންޓެއް ތަރައްޤީކުރުމަށް، ދިގުމިނުގައި 100 ފޫޓު، ފުޅާމިނުގައި 50 ފޫޓު ހިމެނޭގޮތަށް ބިން އިތުރުކޮށްދިނުމަށް އެދިފައި ވުމާއި ގުޅިގެން، ފޭދޫ ޓޫރިޒަމް ޒޯންއަކީ އިންޓަގްރޭޓެޑް ޓޫރިޒަމް ޒޯނެއްގެ ގޮތައި ތަރައްޤީ ކުރުމަށް ރޭވިފައި އަދި ތަފާތު ޚިދުމަތްތައް ދިނުމަށް ބިން ކަނޑައެޅިފައިވާ ޒޯންއެއްކަމާއި، މީގެ އިތުރުން އެފަރާތުން ބިން އިތުރު ކުރުމަށް އެދިފައިވާ މަޤްސަދަކީ ކައުންސިލުން ފާސްކޮށްފައިވާ "އައްޑޫ ސިޓީގެ ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓް ކުރާ ފަރާތްތަކަށް އިންވެސްޓަރ ކޮންފިޑެންސް އިތުރުކުރުމަށާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ލުއިތަކެއް ޤާއިމުކުރުމަށް ކަނޑައަޅާ އުޞޫލު" އަށް ފުށު އަރާ ކަމެއްކަމުގައިވާތީ، އެފަރާތަށް ބިން އިތުރު ކޮށްދެވެން ނެތްކަން އެންގުމަށް ފެންނަކަމަށް،، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 08 ވޯޓް

ފެންނަކަމަށް: 08 ވޯޓް

ނުފެންނަކަމަށް: 00

ބައިވެރިވެވަޑައިނުގަންނަވާ:00

 



ބާވަތް: ނިންމުން

ދައުރު: ފަސްވަނަ ދައުރު

ނަންބަރ: 426-B(5)/2026/22-01

ތާރީޚް: 8 ޖުލައި 2026