ކައުންސިލްގެ ނިންމުން
|
ނިންމުން ނަންބަރު: 426-B(5)/2026/22-02 |
|
|
ބޭއްވުނު ތާރީޚް: 08 ޖުލައި 2026 |
ޖަލްސާ: 2026 ވަނަ އަހަރުގެ 15 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 07 ވަނަ ޖަލްސާ) |
|
މައްސަލަ |
|
|
ހުށަހެޅުނު މައްސަލަ: އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމެޓީގެ 02 ވަނަ ބައްދަލުވުމުން ނިންމާފައިވާ، މައްސަލަތައް ކުރިޔަށް ގެންދިއުމާމެދު ކައުންސިލުން ގޮތެއް ނިންމުމަށް |
|
|
މައްސަލަ ހުށަހެޅި ފަރާތް: އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމިޓީ |
|
|
ނިންމުން |
|
|
މައްސަލަ ނިމުނުގޮތް: "މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު " އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމިޓީގެ 02 ވަނަ ބައްދަލުވުމުން ނިންމާފައިވާ، މައްސަލަތައް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އަޣްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
|
|
ތާއީދު ކުރެއްވި: ކައުންސިލަރ، އިސްމާޢިލް ސަޢީދު |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އަޤީލް މުޙައްމަދު |
|
އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމިޓީއިން ހުށަހަޅާފައިވާ މައްސަލަ ސ.ފޭދޫ ޓޫރިޒަމް ޒޯންގައި ޓޫރިސްޓް ބެޑާއި ޚިދުމަތްތައް ޤާއިމު ކުރެވޭއިރު އެތަނުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ނަމާދު ކުރެވޭނެ އިންތިޒާމު އެ ސަރަހައްދުގައި ހަމަޖެއްސުމުގެ ގޮތުން، ޕްރިމިއަރ ޕްރޮޕަޓީސް ޕްރައިވެޓް ލިމިޓެޑްގެ ޚަރަދުގައި މިސްކިތެއް އެޅުމަށް، 3500 އަކަފޫޓަށްވުރެ ކުޑަނޫން ބިމެއް ހަމަޖައްސަވައި ދެއްވުމަށް އެދި އެ ކުންފުނިން ހުށަހަޅާފައި ވުމާއި ގުޅިގެން، މި މައްސަލައިގައި ބިން ބޭނުންވާ ވަކި ސަރަޙައްދެއް ސާފުކޮށް ބަޔާންކޮށްފައި ނުވާތީ، ބިން ބޭނުންވާ ސަރަޙައްދު ކަށަވަރު ކުރުމަށްފަހު، މި މައްސަލަ ދިރާސާކުރުމަށް އަލުން ކޮމިޓީއަށް ހުށަހެޅުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
|
|
ވޯޓް ދެއްވި ގޮތް |
|
|
ވޯޓުގައި ބައިވެރިވި: 08 ވޯޓް |
ފެންނަކަމަށް: 08 ވޯޓް |
ނުފެންނަކަމަށް: 00 |
ބައިވެރިވެވަޑައިނުގަންނަވާ:00 |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

