ކައުންސިލްގެ ނިންމުން
|
ނިންމުން ނަންބަރު: 426-B(5)/2026/22-04 |
|
|
ބޭއްވުނު ތާރީޚް: 08 ޖުލައި 2026 |
ޖަލްސާ: 2026 ވަނަ އަހަރުގެ 15 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 07 ވަނަ ޖަލްސާ) |
|
މައްސަލަ |
|
|
ހުށަހެޅުނު މައްސަލަ: އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމެޓީގެ 02 ވަނަ ބައްދަލުވުމުން ނިންމާފައިވާ، މައްސަލަތައް ކުރިޔަށް ގެންދިއުމާމެދު ކައުންސިލުން ގޮތެއް ނިންމުމަށް |
|
|
މައްސަލަ ހުށަހެޅި ފަރާތް: އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމިޓީ |
|
|
ނިންމުން |
|
|
މައްސަލަ ނިމުނުގޮތް: "މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު " އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމިޓީގެ 02 ވަނަ ބައްދަލުވުމުން ނިންމާފައިވާ، މައްސަލަތައް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އަޣްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
|
|
ތާއީދު ކުރެއްވި: ކައުންސިލަރ، އިސްމާޢިލް ސަޢީދު |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އަޤީލް މުޙައްމަދު |
|
އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމިޓީއިން ހުށަހަޅާފައިވާ މައްސަލަ ފޭދޫ ޓޫރިޒަމް ޒޯނުން ގެސްޓްހައުސް ހިންގުމަށް ސ.މަރަދޫ، އަލިހަނދު، އިބްރާހީމް ވިސާމުއަށް ދޫކޮށްފައިވާ 3000 އަކަފޫޓުގެ D1 ޕްލޮޓްގައި ގެސްޓްހައުސް ފިޔަވައި އިތުރު ޚިދުމަތްތައް ފުޅާކުރުމަށް، D1 ޕްލޮޓްގެ އުތުރު ފަރާތުގައިވާ ހުސްބިމުން 1000 އަކަފޫޓުގެ ބިން އިތުރު ކޮށްދިނުމަށް އެދިފައި ވުމާއި ގުޅިގެން، އެފަރާތުން ބިން އިތުރު ކޮށްދިނުމަށް އެދިފައިވާ ސަބަބު ސާފުކޮށް އެގެން ނެތްކަމާއި އަދި ބިން އިތުރު ކޮށްދިނުމަށް އެދިފައިވާ ސަރަޙައްދަކީ މިވަގުތު ގެސްޓްހައުސް ތަރައްޤީ ކުރުމަށް ކައުންސިލުން ނިންމާފައިވާ ސަރަޙައްދެއްކަމުން، މި ސަރަހައްދު ސަރވޭ ކުރަންޖެހިފައިވުމުން އެފަރާތުން އެދިފައިވާ ގޮތަށް ބިން އިތުރުކޮށްދެވެން ނެތްކަން އެންގުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
|
|
ވޯޓް ދެއްވި ގޮތް |
|
|
ވޯޓުގައި ބައިވެރިވި: 08 ވޯޓް |
ފެންނަކަމަށް: 08 ވޯޓް |
ނުފެންނަކަމަށް: 00 |
ބައިވެރިވެވަޑައިނުގަންނަވާ:00 |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

