އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ފޭދޫ އަވަށު އޮފީހާއި ފޭދޫ މިސްކިތްތަކުގެ ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތި ނީލަން ކިޔުމާ ގުޅޭ

15 ޖުލައި 2026     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(5)/2026/23

ބޭއްވުނު ތާރީޚް: 15 ޖުލައި 2026

ޖަލްސާ: 2026 ވަނަ އަހަރުގެ 16 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 08 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:

ފޭދޫ އަވަށު އޮފީހާއި ފޭދޫ މިސްކިތްތަކުގެ ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ލިސްޓް، " ނީލަން ކިޔުމަށް ނުވަތަ ނައްތައިލުމަށް ހުށަހަޅާ ދައުލަތުގެ މުދަލާއި ބެހޭ ފޯމާއި" އެކު ނީލަން ކިޔުމުގެ ހުއްދަ ދެއްވުން އެދި ހުށަހެޅީމެވެ.

މައްސަލަ ހުށަހެޅި ފަރާތް: ފޭދޫ އަވަށު އޮފީސް

ނިންމުން

މައްސަލަ ނިމުނުގޮތް:

"މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތްކުރުމަށްފަހު، ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތިގެން ދައުލަތުގެ މުދާ ނީލަން ކިޔުމާއި ނެއްތައިލުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލުގެ "ނީލަމަށް ތަކެތި ފޮނުވުމާއި ނީލަން ކިޔުން" ވަނަ މާއްދާގެ (މ) ގައި ވާ ގޮތުގެ މަތިން ފުރަތަމަ ފަހަރު ނީލަން ކިޔުމުން ނުވިކި ހުންނަ މުދާ ދެވަނަ ފަހަރު ނީލަން ކިޔައިގެންވެސް ނުވިކިއްޖެނަމަ މިއުސޫލުގެ 9 ވަނަ މާއްދާގައި ވާ ގޮތުގެ މަތިން ނައްތާލަން ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި: ކައުންސިލަރ، އަޤީލް މުޙައްމަދު

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިސްމާއިލް ސަޢީދު

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 07 ވޯޓް

ފެންނަކަމަށް: 07 ވޯޓް

ނުފެންނަކަމަށް: 00

ބައިވެރިވެވަޑައިނުގަންނަވާ:00

 



ބާވަތް: ނިންމުން

ދައުރު: ފަސްވަނަ ދައުރު

ނަންބަރ: 426-B(5)/2026/23

ތާރީޚް: 15 ޖުލައި 2026