އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫގެ ބައެއް މަގުތަކުގައި ޕާރކު ކުރުން މަނާކުރުމާ ގުޅޭ

15 ޖުލައި 2026     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(5)/2026/24

ބޭއްވުނު ތާރީޚް: 15 ޖުލައި 2026

ޖަލްސާ: 2026 ވަނަ އަހަރުގެ 16 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 08 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:

ހިތަދޫގެ ބައެއް މަގުތަކުގައި ޕާރކު ކުރުން މަނާކުރުމާއި މެދު ކައުންސިލުން ގޮތެއް ނިންމަވައި ދެއްވުމަށް އެދި

މައްސަލަ ހުށަހެޅި ފަރާތް: ހިތަދޫ އަވަށު އޮފީސް

ނިންމުން

    މައްސަލަ ނިމުނުގޮތް:

"މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތްކުރުމަށްފަހު " އައްޑޫސިޓީގެ ޓްރެފިކް މެނޭޖްމަންޓް ޕްލޭން ނިމި ފައިނަލްވެ ގޮތެއް ނިންމުމާއި ހަމައަށް، ހިތަދޫ އަވަށު އޮފީހުން ފޮނުވާފައިވާ ޗާޓުގައި ފާހަގަކޮށްފައިވާ މަގުތަކުގައި ވެހިކަލްތައް ޕާރކް ކުރުން މަނާކަމެއްގެ ގޮތުގައި ކައުންސިލުން ކަނޑައެޅުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި: ކައުންސިލަރ، އިސްމާޢިލް ސަޢީދު

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ޑރ. އާމިނަތު އަދާލާ ރަޝީދު

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 07 ވޯޓް

ފެންނަކަމަށް: 07 ވޯޓް

ނުފެންނަކަމަށް: 00

ބައިވެރިވެވަޑައިނުގަންނަވާ:00

 



ބާވަތް: ނިންމުން

ދައުރު: ފަސްވަނަ ދައުރު

ނަންބަރ: 426-B(5)/2026/24

ތާރީޚް: 15 ޖުލައި 2026