އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސޯޝަލް އެފެއާޒް ކޮމިޓީގެ 02 ވަނަ ބައްދަލުވުމުން ނިންމަވާފައިވާ، މައްސަލަ ކުރިޔާށް ގެންދިއުމާ ގުޅޭ

15 ޖުލައި 2026     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(5)/2026/26

ބޭއްވުނު ތާރީޚް: 15 ޖުލައި 2026

ޖަލްސާ: 2026 ވަނަ އަހަރުގެ 16 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 08 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:

ސޯޝަލް އެފެއާޒް ކޮމިޓީގެ 02 ވަނަ ބައްދަލުވުމުން ނިންމަވާފައިވާ، މައްސަލަ ކުރިޔާށް ގެންދިއުމާ މެދު ކައުންސިލުން ގޮތެއް ނިންމަވާ ދެއްވުން އެދި

މައްސަލަ ހުށަހެޅި ފަރާތް: ސޯޝަލް އެފެއާޒް ކޮމިޓީ

ނިންމުން

    މައްސަލަ ނިމުނުގޮތް:

"މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތްކުރުމަށްފަހު " އައްޑޫ ވުމެންސް ޑިވެލޮޕްމަންޓް އިނީޝިއޭޓިވް އިން މިނިވަން ދުވަހާ ގުޅުވައިގެން ހިތަދޫގައި ބާއްވާ ބަށި މުބާރާތަށް އެހީތެރިވުމާ ގުޅޭގޮތުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އެއްބަސްވެފައިވާ ކަންކަމަކީ ކައުންސިލްގެ ވެސް ނިންމުންތަކެއް ކަމަށް ބަލައިގަތުމަށާއި، އިތުރު ކަންކަމުގައި އެ ކޮމިޓީއާ މަޝްވަރާކޮށްގެން ކުރިއަށް ގެންދިއުމަށާއި، އަދި މި މުބާރާތަކީ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި އައުޑީ ގުޅިގެން ބާއްވާ މުބާރާތެއްކަން ރަސްމީ ލިޔެކިޔުންތަކުން އެނގެން އޮންނަންވާނެކަމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި: ކައުންސިލަރ، އިސްމާޢިލް ސަޢީދު

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، މަރިޔަމް ސައީދާ

ވޯޓް ދެއްވި ގޮތް

 

ވޯޓުގައި ބައިވެރިވި: 07 ވޯޓް

ފެންނަކަމަށް: 07 ވޯޓް

ނުފެންނަކަމަށް: 00

ބައިވެރިވެވަޑައިނުގަންނަވާ:00

 



ބާވަތް: ނިންމުން

ދައުރު: ފަސްވަނަ ދައުރު

ނަންބަރ: 426-B(5)/2026/26

ތާރީޚް: 15 ޖުލައި 2026