ކައުންސިލްގެ ނިންމުން
|
ނިންމުން ނަންބަރު: 426-B(5)/2026/27 |
|
|
ބޭއްވުނު ތާރީޚް: 15 ޖުލައި 2026 |
ޖަލްސާ: 2026 ވަނަ އަހަރުގެ 16 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 08 ވަނަ ޖަލްސާ) |
|
މައްސަލަ |
|
|
ހުށަހެޅުނު މައްސަލަ: މިއިދާރާގެ މުވައްޒަފުންނަށް ދޫކުރުމަށް ހަމަޖެހިފައިވާ ހެލްތް އިންޝުއަރެންސް ސްކީމުގެ ޕްރިމިއަމް ފައިސާ އިންޝުއަރެންސް ކުންފުންޏަށް ދައްކާނެ ގޮތެއް ހަމަޖެއްސުމަށް |
|
|
މައްސަލަ ހުށަހެޅި ފަރާތް: އެޗް.އާރު ޔުނިޓް |
|
|
ނިންމުން |
|
|
މައްސަލަ ނިމުނުގޮތް: "މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތްކުރުމަށްފަހު " ހެލްތް އިންޝުއަރެންސް ސްކީމުގައި ބައިވެރިވާ މުވައްޒަފުންގެ ޕްރިމިއަމް ފައިސާ އިންޝުއަރެންސް ކުންފުންޏަށް އެއްފަހަރާ އެއް ޕޭމަންޓްގެ ގޮތުގައި ދައްކަންޖެހޭކަމަށާއި، ނަމަވެސް، ޕްރީމިއަމް ގެ ގޮތުގައި ދައްކަންޖެހޭ -/3500 ރުފިޔާ އެއްފަހަރާ ދެއްކުން މުވައްޒަފުންނަށް ފަސޭހަނުވާނެތީ، މި ފައިސާ ކައުންސިލުން އެއްފަހަރާ އެލައިޑް އިންޝުއަރެންސަށް ދައްކައި ދިނުމަށާއި މުވައްޒަފުންގެ ތެރެއިން އެއްފަހަރާ ޕްރިމިއަމް ފައިސާ ދެއްކެންނެތް މުވައްޒަފުންނަށް ޕްރިމިއަމްގެ ގޮތުގައި ދައްކަންޖެހޭ -/3500 ރުފިޔާ 7 މަހަށް ބަހާލައިގެން ކޮންމެ މަހަކު -/500 ރުފިޔާ މުވައްޒަފުންގެ މުސާރައިން އުނިކުރުމަށް، އަދި ކޮންމެ އަހަރެއްގައި އާކުރާ އިންޝުއަރެންސަށް މިގޮތުގެ މަތިން ޕޭމަންޓް ހެދުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން ހުށަހެޅުން ފާސްކުރެވުނެވެ. |
|
|
ތާއީދު ކުރެއްވި: ކައުންސިލަރ، އިސްމާޢިލް ސަޢީދު |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ޑރ. އާމިނަތު އަދާލާ ރަޝީދު |
|
ވޯޓް ދެއްވި ގޮތް |
|
|
ވޯޓުގައި ބައިވެރިވި: 07 ވޯޓް |
ފެންނަކަމަށް: 07 ވޯޓް |
ނުފެންނަކަމަށް: 00 |
ބައިވެރިވެވަޑައިނުގަންނަވާ:00 |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

