އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސްމާރޓް ސިޓީ އެންޑް ޓިޖިޓަލް ޓްރާސްފޮރމޭޝަން ކޮމިޓީން ހުށަހެޅިފައިވާ އައްޑޫސިޓީ ޑިޖިޓަލް ހަބްގެ މައުލޫމާތު ކަރުދާސް ކައުންސިލުން ފާސްކޮށްދެއްވުން އެދި

22 ޖުލައި 2026     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(5)/2026/31

ޖަލްސާ: 2026 ވަނަ އަހަރުގެ 17 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 09 ވަނަ ޖަލްސާ)

ބޭއްވުނު ތާރީޚް: 22 ޖުލައި 2026

މައްސަލަ

ހުށަހެޅުނު މައްސަލަ:

ސްމާރޓް ސިޓީ އެންޑް ޓިޖިޓަލް ޓްރާސްފޮރމޭޝަން ކޮމިޓީއަށް ހުށަހެޅިފައިވާ އައްޑޫސިޓީ ޑިޖިޓަލް ހަބްގެ މައުލޫމާތު ކަރުދާސް ކައުންސިލުން ފާސްކޮށްދެއްވުން އެދި

މައްސަލަ ހުށަހެޅި ފަރާތް: ސްމާރޓް ސިޓީ އެންޑް ޓިޖިޓަލް ޓްރާސްފޮރމޭޝަން ކޮމިޓީ

ނިންމުން

މައްސަލަ ނިމުނު ގޮތް:

"މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތްކުރުމަށްފަހު، "ސްމާރޓް ސިޓީ އެންޑް ޓިޖިޓަލް ޓްރާސްފޮރމޭޝަން ކޮމިޓީން ހުށަހެޅިފައިވާ ގޮތަށް އައްޑޫސިޓީ ޑިޖިޓަލް ހަބްގެ މައުލޫމާތު ކަރުދާސް ކައުންސިލުން ފާސްކޮށް، 2.5 މިލިއަން ރުފިޔާ (ދެ މިލިއަން، ފަސް ލައްކަ ރުފިޔާ)ގެ ބަޖެޓެއް ކަނޑައަޅައި ބަޖެޓް ކޮންޓްރޯލް ހެދުމަށްފަހު ޕްރޮކިއުމަންޓް އުސޫލުން މި މަސައްކަތް އިއުލާން ކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން ހުށަހެޅުން ފާސްކުރެވުނެވެ.

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުޢާޢު

ތާއީދު ކުރެއްވި: ކައުންސިލަރ، ޢަޤީލް މުޙައްމަދު

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 08 ވޯޓް

ފެންނަކަމަށް: 08 ވޯޓް

ނުފެންނަކަމަށް: 00

ބައިވެރިވެވަޑައިނުގަންނަވާ: 00

 



ބާވަތް: ނިންމުން

ދައުރު: ފަސްވަނަ ދައުރު

ނަންބަރ: 426-B(5)/2026/31

ތާރީޚް: 22 ޖުލައި 2026