ކައުންސިލްގެ ނިންމުން
|
ނިންމުން ނަންބަރު: 426-B(5)/2026/33-06 |
|||
|
ޖަލްސާ: 2026 ވަނަ އަހަރުގެ 17 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 09 ވަނަ ޖަލްސާ) |
ބޭއްވުނު ތާރީޚް: 22 ޖުލައި 2026 |
||
|
މައްސަލަ |
|||
|
ހުށަހެޅުނު މައްސަލަ: ލޭންޑް، އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 03 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، ލަފާދީފައިވާ މައްސަލަތަކަށް ގޮތެއް ނިންމަވައި ދެއްވުން އެދި |
|||
|
މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް، އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީ |
|||
|
ނިންމުން |
|||
|
މައްސަލަ ނިމުނު ގޮތް: "މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު "ލޭންޑް އެންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 03 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، ލަފާ ދީފައިވާ މައްސަލަތައް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
|||
|
ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުޢާޢު |
ތާއީދު ކުރެއްވި: ކައުންސިލަރ، މަރްޔަމް ސަޢީދާ |
||
|
ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީއިން ހުށަހަޅާފައިވާ މައްސަލަ މއ.ނިޔާޒުވިލާ، މާލެ (ގުލްހަޒާރުގެ، ސ.ހިތަދޫ)، އަޙްމަދު އިބްރާހިމް އަށް ނަންބަރު: (AGR)138-LS/INDIV/2015/222 އެއްބަސްވުމުން ދޫކުރެވިފައިވާ ކުލީ ބިމުގެ މުއްދަތު 20 އަހަރަށް އިތުރުކޮށްދިނުމަށް އެފަރާތުން އެދިފައިވާ މައްސަލަ އާއި ގުޅިގެން، މިފަރާތުން އެދިފައިވާގޮތަށް 20 އަހަރު ދުވަހަށް ނަންބަރު: (AGR)138-LS/INDIV/2015/222 އެއްބަސްވުމުގެ މުއްދަތު އިތުރުކޮށް، އައްޑޫސިޓީގެ ކުލީ ބިންތަކުގެ ކުލި ކަނޑައެޅުމާއި ކުލި މުރާޖަޢާކުރުމާއި ގުޅޭ އުޞޫލާއި އެއްގޮތްވާގޮތުގެ މަތިން ކުލި މުރާޖައާކުރުމަށްފަހު އެއްބަސްވުން އައުކޮށްދިނުމަށް، އަދި މި މައްސަލައާއި ގުޅިގެން ނިންމަވާފައިވާ ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމެޓީގެ 01 ވަނަ ބައްދަލުވުމުގެ ނިންމުން ބާޠިލުކުރުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
|||
|
ވޯޓް ދެއްވި ގޮތް |
|||
|
ވޯޓުގައި ބައިވެރިވި: 08 ވޯޓް |
ފެންނަކަމަށް: 07 ވޯޓް |
ނުފެންނަކަމަށް: 00 |
ބައިވެރިވެވަޑައިނުގަންނަވާ: 01 |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

