އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ލޭންޑް، އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ 03 ވަނަ ބައްދަލުވުމުގެ ނިންމަވާފައިވާ/ލަފާ ދީފައިވާ މައްސަލަތަކާ ގުޅޭ (33-07)

22 ޖުލައި 2026     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(5)/2026/33-07

ޖަލްސާ: 2026 ވަނަ އަހަރުގެ 17 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 09 ވަނަ ޖަލްސާ)

ބޭއްވުނު ތާރީޚް: 22 ޖުލައި 2026

މައްސަލަ

ހުށަހެޅުނު މައްސަލަ:

ލޭންޑް، އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 03 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، ލަފާދީފައިވާ މައްސަލަތަކަށް ގޮތެއް ނިންމަވައި ދެއްވުން އެދި

މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް، އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީ

ނިންމުން

މައްސަލަ ނިމުނު ގޮތް:

"މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް  ކުރުމަށްފަހު "ލޭންޑް އެންޑް  އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 03 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، ލަފާ ދީފައިވާ މައްސަލަތައް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުޢާޢު

ތާއީދު ކުރެއްވި: ކައުންސިލަރ، މަރްޔަމް ސަޢީދާ

ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީއިން ހުށަހަޅާފައިވާ މައްސަލަ

ސ.ހިތަދޫ، މިސްކިތްދޮށުގެ ޢަބްދުﷲ ސަޢީދަށް ނަންބަރު: (AGR)138-LS/INDIV/2016/126 އެއްބަސްވުމުގެ ދަށުން ދޫކުރެވިފައިވާ ކުލީ ބިމުގެ މުއްދަތު އިތުރުކޮށްދިނުމަށް އެފަރާތުން އެދިފައިވާ މައްސަލައިގައި، މި މައްސަލައާއި ގުޅިގެން ހުށަހެޅިފައިވާ ޙާލަތު ރިޕޯޓަށް ބަލާއިރު މިއީ ބޮޑު އިންވެސްޓްމެންޓެއް ކޮށް، ޢިމާރާތް ކުރުމުގެ މަސައްކަތް ކުރަމުންދާ ތަނަކަށް ވެފައި، މި ބިމާއި އިންވެގެން އޮތީވެސް މިފަރާތުގެ ބިމަކަށްވުމާއިއެކު، މި ދެ ބިމުގައި އެއްކޮށް ޢިމާރާތްކޮށް އެއް ޢިމާރާތެއްގެ ގޮތުގައި ބޭނުން ކުރަމުންދާތީ، އަދި މި ދެ ބިމުގެ ތެރެއިން އެއް ބިމުގެ މުއްދަތު އިތުރުކޮށް، އެއްބަސްވުން އައުކޮށްދެވިފައިވާތީ،މިފަރާތަށް ނަންބަރު: (AGR)138-LS/INDIV/2016/126 އެއްބަސްވުމުގެ ދަށުން ދޫކުރެވިފައިވާ ކުލީ ބިމުގެ މުއްދަތު 20 އަހަރު ދުވަހަށް އިތުރުކޮށް، އައްޑޫސިޓީގެ ކުލީ ބިންތަކުގެ ކުލި ކަނޑައެޅުމާއި ކުލި މުރާޖަޢާކުރުމާއި ގުޅޭ އުޞޫލާއި އެއްގޮތްވާގޮތުގެ މަތިން ކުލި މުރާޖަޢާކުރުމަށްފަހު އެއްބަސްވުން އައުކޮށްދިނުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 08 ވޯޓް

ފެންނަކަމަށް: 07 ވޯޓް

ނުފެންނަކަމަށް: 00

ބައިވެރިވެވަޑައިނުގަންނަވާ: 01

 



ބާވަތް: ނިންމުން

ދައުރު: ފަސްވަނަ ދައުރު

ނަންބަރ: 426-B(5)/2026/33-07

ތާރީޚް: 22 ޖުލައި 2026