އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ލޭންޑް، އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ 03 ވަނަ ބައްދަލުވުމުގެ ނިންމަވާފައިވާ/ލަފާ ދީފައިވާ މައްސަލަތަކާ ގުޅޭ (33-08)

22 ޖުލައި 2026     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(5)/2026/33-08

ޖަލްސާ: 2026 ވަނަ އަހަރުގެ 17 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 09 ވަނަ ޖަލްސާ)

ބޭއްވުނު ތާރީޚް: 22 ޖުލައި 2026

މައްސަލަ

ހުށަހެޅުނު މައްސަލަ:

ލޭންޑް، އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 03 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، ލަފާދީފައިވާ މައްސަލަތަކަށް ގޮތެއް ނިންމަވައި ދެއްވުން އެދި

މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް، އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީ

ނިންމުން

މައްސަލަ ނިމުނު ގޮތް:

"މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް  ކުރުމަށްފަހު "ލޭންޑް އެންޑް  އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 03 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، ލަފާ ދީފައިވާ މައްސަލަތައް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުޢާޢު

ތާއީދު ކުރެއްވި: ކައުންސިލަރ، މަރްޔަމް ސަޢީދާ

ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީއިން ހުށަހަޅާފައިވާ މައްސަލަ

އައިލެންޑް ޓީވީ ޕވޓ ލޓޑ އަށް ނަންބަރު: (AGR)138-LDS4/PRIV/2016/317 އެއްބަސްވުމުން ދޫކުރެވިފައިވާ ކުލީ ބިމުގެ މުއްދަތު 10 އަހަރު ދުވަހަށް، ނުވަތަ ކައުންސިލުގެ ޤަވާޢިދުތައް ހުއްދަ ކުރާ އެންމެ ދިގު މުއްދަތަކަށް އިތުރުކޮށްދިނުމަށް އެ ކުންފުނި އިން އެދިފައިވާ  މައްސަލައާއި ގުޅިގެން، ކައުންސިލުގެ ނަމަށް ކުލީ ބިންތައް ބަދަލުވި ތާރީޚުގެ ފަހުން ކުލި ދައްކަންޖެހޭނީ ކައުންސިލް އިދާރާ އަށް ކަމަށް އައިލެންޑް ޓީވީ ޕވޓ ލޓޑ އަށް އަންގާފައިވާކަމަށް ލިޔެކިޔުންތަކުން ދެއްކުމާއިއެކު، މި އިދާރާގެ އަށް ލިބެންވާ ކުލި އަދި ޖޫރިމަނާގެ ފައިސާ ދައްކާފައިނުވާކަމަށް މި އިދާރާގެ ފައިނޭންޝަލް ސްޓޭޓްމެންޓް ތަކުން ދައްކާތީ، މިވަގުތު އެއްބަސްވުމުގެ މުއްދަތު އިތުރު ކޮށްދެވެން ނެތްކަމަށާއި، އެ ފައިސާ ދެއްކުމުން އެއްބަސްވުން އައުކޮށްދެވޭނެ ކަމަށް މިފަރާތަށް ލިޔުމުން އެންގުމަށާއި، މި ކުލީ ބިމާއި ގުޅިގެން ކައުންސިލަށް ދައްކަންޖެހޭ ފައިސާ ކަމުގައި ފައިނޭންޝަލް ސްޓޭޓްމެންޓް ތަކުން ފާހަގަކުރެވިފައިވާ ކުލި އަދި ޖޫރިމަނާގެ ފައިސާ 3 މަސްދުވަހުގެ ތެރޭގައި ދެއްކުމަށް އެފަރާތަށް ނޯޓިސް ފޮނުވާ،އެ ނޯޓިސް އާއި އެއްގޮތަށް މިފަރާތުން ފައިސާ ނުދައްކާ ޙާލަތެއްގައި ކައުންސިލުން މިފަދަ އެހެން މައްސަލަތަކުގައިވެސް ޢަމަލުކޮށްފައިވާ އުޞޫލުން ޢަމަލުކުރުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 08 ވޯޓް

ފެންނަކަމަށް: 07 ވޯޓް

ނުފެންނަކަމަށް: 00

ބައިވެރިވެވަޑައިނުގަންނަވާ: 01

 



ބާވަތް: ނިންމުން

ދައުރު: ފަސްވަނަ ދައުރު

ނަންބަރ: 426-B(5)/2026/33-08

ތާރީޚް: 22 ޖުލައި 2026