އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ލޭންޑް، އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ 03 ވަނަ ބައްދަލުވުމުގެ ނިންމަވާފައިވާ/ލަފާ ދީފައިވާ މައްސަލަތަކާ ގުޅޭ (33-09)

22 ޖުލައި 2026     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(5)/2026/33-09

ޖަލްސާ: 2026 ވަނަ އަހަރުގެ 17 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 09 ވަނަ ޖަލްސާ)

ބޭއްވުނު ތާރީޚް: 22 ޖުލައި 2026

މައްސަލަ

ހުށަހެޅުނު މައްސަލަ:

ލޭންޑް، އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 03 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، ލަފާދީފައިވާ މައްސަލަތަކަށް ގޮތެއް ނިންމަވައި ދެއްވުން އެދި

މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް، އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީ

ނިންމުން

މައްސަލަ ނިމުނު ގޮތް:

"މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް  ކުރުމަށްފަހު "ލޭންޑް އެންޑް  އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 03 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، ލަފާދީފައިވާ މައްސަލަތައް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުޢާޢު

ތާއީދު ކުރެއްވި: ކައުންސިލަރ، މަރްޔަމް ސަޢީދާ

ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީއިން ހުށަހަޅާފައިވާ މައްސަލަ

ސ.ހިތަދޫ، ބިންމާގެ މޫސާ ޙަބީބުއަށް ނަންބަރު: (AGR)138-LS/INDIV/2016/132 އެއްބަސްވުމުން ދޫކުރެވިފައިވާ ކުލީ ބިމުގެ މުއްދަތު 20 އަހަރަށް އިތުރުކޮށްދިނުމަށް އެފަރާތުން އެދިފައިވާ މައްސަލައާއި ގުޅިގެން، މިފަރާތުން އެދިފައިވާގޮތަށް 20 އަހަރަށް މުއްދަތު އިތުރުކޮށްދިނުމަށާއި، ކައުންސިލުގެ އުޞޫލުގައިވާ ގޮތުގެ މަތިން ކުލި މުރާޖަޢާކުރުމަށްފަހު އެއްބަސްވުން އެކުލަވާލުމަށް، އަދި މިހާރު ފައިނޭންޝަލް ސްޓޭޓްމެންޓް އިން ޖޫރިމަނާގެ ގޮތުގައި ދައްކާ ޢަދަދު، އެފަރާތުން އިތުރަށް ދައްކަވާފައިވާކަމަށް ފާހަގަކުރެވިފައިވާ ޢަދަދުން އުނިކޮށް ފައިނޭންޝަލް ސްޓޭޓްމެންޓް އިޞްލާޙުކުރުމަށް އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތް ކުރުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 08 ވޯޓް

ފެންނަކަމަށް: 07 ވޯޓް

ނުފެންނަކަމަށް: 00

ބައިވެރިވެވަޑައިނުގަންނަވާ: 01

 



ބާވަތް: ނިންމުން

ދައުރު: ފަސްވަނަ ދައުރު

ނަންބަރ: 426-B(5)/2026/33-09

ތާރީޚް: 22 ޖުލައި 2026