އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޔޫތު ސްޕޯރޓްސް ކަލްޗަރ އެންޑް ރެކްރިއޭޝަން ކޮމިޓީގެ 03 ވަނަ ބައްދަލުވުމުގެ ނިންމަވާފައިވާ ލަފާ ދީފައިވާ މައްސަލައާ ގުޅޭ (39)

5 އޯގަސްޓް 2026     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(5)/2026/40-01

ޖަލްސާ: 2026 ވަނަ އަހަރުގެ 19 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 11 ވަނަ ޖަލްސާ)

ބޭއްވުނު ތާރީޚް: 05 އޮގަސްޓް 2026

މައްސަލަ

ހުށަހެޅުނު މައްސަލަ:

ސޯޝަލް އެފެއާޒް ކޮމިޓީގެ ރަސްމީ 03 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލަތަކަށް ގޮތެއް ނިންމަވައި ދެއްވުން އެދި

މައްސަލަ ހުށަހެޅި ފަރާތް: ސޯޝަލް އެފެއާޒް ކޮމިޓީ

ނިންމުން

މައްސަލަ ނިމުނު ގޮތް:

"މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް  ކުރުމަށްފަހު " ސޯޝަލް އެފެއާޒް ކޮމިޓީގެ ރަސްމީ 03 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، މައްސަލަތައް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 

ސޯޝަލް އެފެއާޒް ކޮމިޓީއިން ހުށަހަޅާފައިވާ މައްސަލަ

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި އައްޑޫ ސިޓީއިން ބައިވެރިވާން ނަންނޯޓް ކުރަން މިހާރު ކުރެވުނު އިއުލާނާއި ގުޅިގެން ބައިވެރިވުމަށް އެދިފައިވާ ފަރާތްތައް ހިމެނޭގޮތަށް އިވެލުއޭޓްކުރުމަށް ފެންނަކަމަށާއި މިހާރު ކުރިމަތިލާފައިވާ ފަރާތްތައް މަދުވާތީ އަލުން އިއުލާންގެ މުއްދަތު އިތުރުކޮށް އިއުލާންކޮށްގެން އިތުރު ފަރާތްތަށް ބައިވެރިވުމަށް ފުރުސަތު ހުޅުވާލުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ނުޞްރަތު ރަޝީދު

ތާއީދު ކުރެއްވި: ޑެޕިއުޓީ މޭޔަރ، މުހައްމަދު ޝުޢާޢު

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 08 ވޯޓް

ފެންނަކަމަށް: 08 ވޯޓް

ނުފެންނަކަމަށް: 00

ބައިވެރިވެވަޑައިނުގަންނަވާ:00

 



ބާވަތް: ނިންމުން

ދައުރު: ފަސްވަނަ ދައުރު

ނަންބަރ: 426-B(5)/2026/39

ތާރީޚް: 5 އޯގަސްޓް 2026