އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސޯޝަލް އެފެއާޒް ކޮމިޓީގެ ރަސްމީ 03 ވަނަ ބައްދަލުވުމުގެ ނިންމަވާފައިވާ ލަފާ ދީފައިވާ މައްސަލައާ ގުޅޭ (02-40)

5 އޯގަސްޓް 2026     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(5)/2026/40-02

ޖަލްސާ: 2026 ވަނަ އަހަރުގެ 19 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 11 ވަނަ ޖަލްސާ)

ބޭއްވުނު ތާރީޚް: 05 އޮގަސްޓް 2026

މައްސަލަ

ހުށަހެޅުނު މައްސަލަ:

ސޯޝަލް އެފެއާޒް ކޮމިޓީގެ ރަސްމީ 03 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލަތަކަށް ގޮތެއް ނިންމަވައި ދެއްވުން އެދި

މައްސަލަ ހުށަހެޅި ފަރާތް: ސޯޝަލް އެފެއާޒް ކޮމިޓީ

ނިންމުން

މައްސަލަ ނިމުނު ގޮތް:

"މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް  ކުރުމަށްފަހު " ސޯޝަލް އެފެއާޒް ކޮމިޓީގެ ރަސްމީ 03 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، މައްސަލަތައް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 

ސޯޝަލް އެފެއާޒް ކޮމިޓީއިން ހުށަހަޅާފައިވާ މައްސަލަ

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026 ގައި އައްޑޫ ސިޓީއިން ބައިވެރިވާން ނަންނޯޓް ކުރަން އިޢްލާން ކުރުމުން، ނަންނޯޓްކޮށް ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތަކުގެ ސިލެކްޝަން ހެދުމާއި ކްރައިޓީރިއާ ތައްޔާރުކޮށްގެން ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރުމުގެ ޒިންމާ އާއި މަސައްކަތްތައް ކުރުމަށް އިތުރު ސަބް ކޮމިޓީ އެއް އެކުލަވާލުމަށް ފެންނަކަމަށާއި، ކޮމިޓީ އެކުލަވާއިރު ކަމުގެ ހުނަރު ހުރި ފަރާތްތައް ހިމެނުން މުހިންމު ކަމަށާއި 05 މެމްބަރުންގެ ސަބް ކޮމިޓީއެއް (އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ 01 މެމްބަރު، 01 ކައުންސިލް މެމްބަރު، 03 ކައުންސިލްގެ އިދާރީ މުވައްޒަފުން) ހިމެނޭގޮތަށް އެކުލެވުމަށާއި، ކައުންސިލް މެމްބަރާއި ކައުންސިލްގެ އިދާރީ މުވައްޒަފުން ނިންމަވާނީ މޭޔަރ ކަމަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރު އެކޮމިޓީ އިން ނިންމެވުމަށާއި، ސަބް ކޮމިޓީ އިން ވިލަރެސްކޮށް ޕްރޮޕޯޒަލްތައް އިވެލުއޭޓްކުރުމަށްފަހު ކައުންސިލަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ނުޞްރަތު ރަޝީދު

ތާއީދު ކުރެއްވި: ޑެޕިއުޓީ މޭޔަރ، މުހައްމަދު ޝުޢާޢު

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 08 ވޯޓް

ފެންނަކަމަށް: 08 ވޯޓް

ނުފެންނަކަމަށް: 00

ބައިވެރިވެވަޑައިނުގަންނަވާ:00

 



ބާވަތް: ނިންމުން

ދައުރު: ފުރަތަމަ ދައުރު

ނަންބަރ: 426-B(5)/2026/40-02

ތާރީޚް: 5 އޯގަސްޓް 2026