އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސޯޝަލް އެފެއާޒް ކޮމިޓީގެ ރަސްމީ 03 ވަނަ ބައްދަލުވުމުގެ ނިންމަވާފައިވާ ލަފާ ދީފައިވާ މައްސަލައާ ގުޅޭ (03-40)

5 އޯގަސްޓް 2026     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(5)/2026/40-03

ޖަލްސާ: 2026 ވަނަ އަހަރުގެ 19 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 11 ވަނަ ޖަލްސާ)

ބޭއްވުނު ތާރީޚް: 05 އޮގަސްޓް 2026

މައްސަލަ

ހުށަހެޅުނު މައްސަލަ:

ސޯޝަލް އެފެއާޒް ކޮމިޓީގެ ރަސްމީ 03 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލަތަކަށް ގޮތެއް ނިންމަވައި ދެއްވުން އެދި

މައްސަލަ ހުށަހެޅި ފަރާތް: ސޯޝަލް އެފެއާޒް ކޮމިޓީ

ނިންމުން

މައްސަލަ ނިމުނު ގޮތް:

"މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް  ކުރުމަށްފަހު " ސޯޝަލް އެފެއާޒް ކޮމިޓީގެ ރަސްމީ 03 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، މައްސަލަތައް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 

ސޯޝަލް އެފެއާޒް ކޮމިޓީއިން ހުށަހަޅާފައިވާ މައްސަލަ

ސްވިމިންގް އެސޯސިއޭޝަނުން އައްޑޫގައި ބޭއްވުމަށް ހަމަޖެހިފައިވާ އައްޑޫ ޒޯން ރާއްޖެ ޖޫނިއަރ ފެތުމުގެ މުބާރާތާއި އައްޑޫސިޓީ ދިގު ފެތުމުގެ މުބާރާތް ބޭއްވުމަށް ކައުންސިލުން ހަމަޖައްސައި ދިނުމަށް އެސޯސިއޭޝަނުން އެދިފައިވާ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް 10 މެމްބަރުންގެ އޯގަނައިޒިންގ ކޮމިޓީއެއް (އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ 01 މެމްބަރު، ކައުންސިލް 02 މެމްބަރު) ހިމެނޭގޮތަށް އެކުލަވާލުމަށް ފެންނަކަމަށާއި، ކޮމިޓީ އިން ހުރިހާ ކަމެއް ބަލާ މުބާރާތުގައި ކައުންސިލުން ކުރަންވާ އެންމެހާ އިންތިޒާމްތައް ކުރެއްވުމަށް ފެންނަކަމަށް ، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ނުޞްރަތު ރަޝީދު

ތާއީދު ކުރެއްވި: ޑެޕިއުޓީ މޭޔަރ، މުހައްމަދު ޝުޢާޢު

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 08 ވޯޓް

ފެންނަކަމަށް: 08 ވޯޓް

ނުފެންނަކަމަށް: 00

ބައިވެރިވެވަޑައިނުގަންނަވާ:00

 



ބާވަތް: ނިންމުން

ދައުރު: ފުރަތަމަ ދައުރު

ނަންބަރ: 426-B(5)/2026/40-03

ތާރީޚް: 5 އޯގަސްޓް 2026