އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސޯޝަލް އެފެއާޒް ކޮމިޓީގެ ރަސްމީ 03 ވަނަ ބައްދަލުވުމުގެ ނިންމަވާފައިވާ ލަފާ ދީފައިވާ މައްސަލައާ ގުޅޭ (04-40)

5 އޯގަސްޓް 2026     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(5)/2026/40-04

ޖަލްސާ: 2026 ވަނަ އަހަރުގެ 19 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 11 ވަނަ ޖަލްސާ)

ބޭއްވުނު ތާރީޚް: 05 އޮގަސްޓް 2026

މައްސަލަ

ހުށަހެޅުނު މައްސަލަ:

ސޯޝަލް އެފެއާޒް ކޮމިޓީގެ ރަސްމީ 03 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލަތަކަށް ގޮތެއް ނިންމަވައި ދެއްވުން އެދި

މައްސަލަ ހުށަހެޅި ފަރާތް: ސޯޝަލް އެފެއާޒް ކޮމިޓީ

ނިންމުން

މައްސަލަ ނިމުނު ގޮތް:

"މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް  ކުރުމަށްފަހު " ސޯޝަލް އެފެއާޒް ކޮމިޓީގެ ރަސްމީ 03 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، މައްސަލަތައް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 

ސޯޝަލް އެފެއާޒް ކޮމިޓީއިން ހުށަހަޅާފައިވާ މައްސަލަ

ކައުންސިލްގެ މިހާރު ހުރި އައްޑޫސިޓީ އުމުރުން ދުވަސްވީ މީހުންގެ މަޢުލޫމާތުތައް މޯލްޑިވްސް ގާލްގައިޑް އެސޯސިއޭޝަނާ ގުޅިގެން ހިތަދޫ ސްކޫލް ގާލްގައިޑުން ކުރިއަށްގެންދާ "ގައިޑިންގ ޖެނެރޭޝަންސް (ފާލަން)" ކޮމިއުނިޓީ ޕްރޮޖެކްޓްގެ ތެރެއިން ޒިޔާރަތްކޮށް އަޕްޑޭޓް ވުމަކީ ވަރަށް މުހިންމު ކަމެއް ގޮތުގައި ފެންނަކަމަށާއި އައްޑޫސިޓީގެ އުމުރުން ދުވަސްވީ މީހުންގެ މިހާރުގެ ފިޒިކަލް އަދި މެޑިކަލް ކޮންޑިޝަން އާއި ދިމާވާ ދަތިތައް  ދެނެގަނެވޭނެ ކަމަށާއި، ކައުންސިލުން އެއްކުރުމަށް ބޭނުންވާ މުހިންމު ބައިތައް ފާހަގަކޮށް ފޯމެއްގެ ފޯމެޓެއް ސޯޝަލް އެފެއާޒް ޔުނިޓުން ތައްޔާރުކޮށް އެކުދިންނަށް ހިއްސާކޮށް މަޢުލޫމާތު އެއްކުރުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ނުޞްރަތު ރަޝީދު

ތާއީދު ކުރެއްވި: ޑެޕިއުޓީ މޭޔަރ، މުހައްމަދު ޝުޢާޢު

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 08 ވޯޓް

ފެންނަކަމަށް: 08 ވޯޓް

ނުފެންނަކަމަށް: 00

ބައިވެރިވެވަޑައިނުގަންނަވާ:00

 



ބާވަތް: ނިންމުން

ދައުރު: ފުރަތަމަ ދައުރު

ނަންބަރ: 426-B(5)/2026/40-04

ތާރީޚް: 5 އޯގަސްޓް 2026