ކައުންސިލްގެ ނިންމުން
|
ނިންމުން ނަންބަރު: 426-B(5)/2026/41 |
||||
|
ޖަލްސާ: 2026 ވަނަ އަހަރުގެ 19 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 11 ވަނަ ޖަލްސާ) |
ބޭއްވުނު ތާރީޚް: 05 އޮގަސްޓް 2026 |
|||
|
މައްސަލަ |
||||
|
ހުށަހެޅުނު މައްސަލަ: ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ދެވަނަ ފަހަރަށް އާބާދުވިތާ 60 އަހަރު ފުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެ ކައުންސިލް މެމްބަރުން ކަނޑައެޅުމަށް އެދި |
||||
|
މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލް ބިއުރޯ ޔުނިޓް |
||||
|
ނިންމުން |
||||
|
މައްސަލަ ނިމުނު ގޮތް: "މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު " ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ދެވަނަ ފަހަރަށް އާބާދުވިތާ 60 އަހަރު ފުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވަޑައިގަތުމަށް މޭޔަރ އަށް ދައުވަތު ލިބިފައިވާތީ ،އައްޑޫސިޓީ ކައުންސިލްގެ ފަރާތުން މިރަސްމިއްޔާތުގައި މޭޔަރ އާއި އެކު ބައިވެރިވެވަޑައިގަންނަވާ ކައުންސިލަރުންގެ ގޮތުގައި ކައުންސިލަރ، އަހްމަދު ނަޒީރު އަދި ކައުންސިލަރ އަޤީލް މުޙައްމަދު ކަނޑައެޅުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
|
||||
|
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިބްރާހީމް ޝިނާޒް |
ތާއީދު ކުރެއްވި: ކައުންސިލަރ، އިސްމާއިލް ސަޢީދު |
|||
|
ވޯޓް ދެއްވި ގޮތް |
||||
|
ވޯޓުގައި ބައިވެރިވި: 08 ވޯޓް |
ފެންނަކަމަށް: 08 ވޯޓް |
ނުފެންނަކަމަށް: 00 |
ބައިވެރިވެވަޑައިނުގަންނަވާ:00 |
|
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

