އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މުނިސިޕަލް މަސައްކަތްތަކުގައި ބޭނުން ކުރަންޖެހޭ ހެވީވެހިކަލް ހޯދުމާއި ގުޅޭ

5 އޯގަސްޓް 2026     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(5)/2026/43

ޖަލްސާ: 2026 ވަނަ އަހަރުގެ 19 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 11 ވަނަ ޖަލްސާ)

ބޭއްވުނު ތާރީޚް: 05 އޮގަސްޓް 2026

މައްސަލަ

ހުށަހެޅުނު މައްސަލަ:

މުނިސިޕަލް މަސައްކަތްތަކުގައި ބޭނުން ކުރަންޖެހޭ ހެވީ ވެހިކަލްސް ކައުންސިލްގެ މިލްކިއްޔާތުގައި ނެތުމުން ދިމާވެފައިވާ މައްސަލައަށް ހައްލުހޯދުމަށް ހެވީވެހިކަލް ހޯދުމާއި ގުޅޭގޮތުން ކައުންސިލުން ގޮތެއް ނިންމުމަށް   

މައްސަލަ ހުށަހެޅި ފަރާތް: ޕްރޮޖެކްޓް ޑިވެލޮޕްމަންޓް ޔުނިޓް

ނިންމުން

މައްސަލަ ނިމުނު ގޮތް:

"މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް  ކުރުމަށްފަހު " އައްޑޫ ސިޓީ ކައުންސިލްގެ މުނިސިޕަލް ޚިދުމަތްތަކަށް ބޭނުންވާ ވެހިކަލްތައް (250 އާއި 350 އާ ދެމެދުގެ ހޯސްޕަވަރުގެ އެކްސްކަވޭޓަރު، 35 ހޯސްޕަވަރުގެ މިނީ އެކްސްކަވޭޓަރު، 10 ޓަނުގެ ޑަމްޕް ޓްރަކް، ބެކްހޯ ލޯޑަރު އަދި 5 ޓަނުގެ ފޯކްލިފްޓް) ގަތުމަށްޓަކައި، އިޢުލާންކޮށްގެން ލިބޭ އެންމެ އެކަށީގެންވާ އަގަށް ރިޢާޔަތްކޮށް، މިއަހަރުގެ ކައުންސިލްގެ އާމްދަނީ ބަޖެޓުގައި މިކަމަށް 2،500،000 ( ދެ މިލިއަން ފަސްލައްކަ) ރުފިޔާ ހިމެނުމަށާއި، އަދި ކުރިއަށް އޮތް އަހަރުތަކުގެ ބަޖެޓުގައި ވެސް ވެހިކަލްތަކަށް ލިބުނު އަގަށް ބަލައި މިކަމަށް ބޭނުންވާ ފައިސާ ހިމެނުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 

 

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުޢާޢު

ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާހީމް ޝިނާޒް

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 08 ވޯޓް

ފެންނަކަމަށް: 08 ވޯޓް

ނުފެންނަކަމަށް: 00

ބައިވެރިވެވަޑައިނުގަންނަވާ:00

 



ބާވަތް: ނިންމުން

ދައުރު: ފަސްވަނަ ދައުރު

ނަންބަރ: 426-B(5)/2026/43

ތާރީޚް: 5 އޯގަސްޓް 2026